ވިޔަފާރި

ނަހޫ، ވަސީމަށް ވީޑިއޯ ކޯލެއް: އޮޑިވެރިންނަށް މެސެޖެއް!

ނަހޫ، ވަސީމަށް ވީޑިއޯ ކޯލް ކުރަނީ--

އެލައިޑުގެ އިސްތިހާރު ތަރި، އަހުމަދު ހުސެއިން (ނަހޫ) ޓީވީއެމްގެ، ޕްރެޒެންޓަރު މޫސާ ވަސީމް އަށް ވީޑިއޯ ކޯލެއް ކޮށްފި އެވެ. އޭނާގެ ރަށުގައި ހުރެ ކުރި މި ކޯލުގައި ދައްކާލަނީ އެންމެ ފަހުން އޭނަ ބަތް އޮޑި "ޒުބޭދާ ޓޫ" ގެ ވާހަކަ އެވެ. ނަހޫ ހަމައެކަނި މި ދޯނި ދައްކާލީއެއް ވެސް ނޫނެވެ. މިއާއެކު އޮޑިވެރިންނަށް މުހިންމު މެސެޖެއް ވެސް އޭނާ މިވަނީ ދީފި އެވެ.

ނަހޫ ބުނަނީ އޭނާގެ "ޒުބޭދާ ޓޫ" އޮޑި ބޭލުމުގެ ހުރިހާ ޕްރޮސެސްއެއް ފުރިހަމަ ކުރީ އެލައިޑުގެ ފުލް އިންޝުއަރެންސު ނަގައިގެން ކަމަށެވެ. މި އޮޑި ބާލަން ނަހޫ ހެދީ މޮޅު ގޮތެކެވެ. ހަރު ގެއިން ފެށިގެން ދޯނި ބޭލުމާ ހަމައަށް އޭނާ ނެގީ އެލައިޑުގެ "ބޯޓު ބިލްޑިންސް" އިންޝުއަރެންސެވެ. އަދި ދޯނި ބޭލުމަށްފަހު ވަނީ "މެރިން ހަލް އިންޝުއަރެންސް" ގެ ރައްކާތެރިކަން ދޯންޏަށް ހޯދައިދީފަ އެވެ.

"ދިރުބާ ކޮޅުން ފެށިގެން ކޮޅުފަސް ކޮޅެއް ފުލްކަވާ. މިހާރު ކަކުންޏެއް އެރިއަސް މިހާރު ކަވަރު ކުރާނެ،" މި ކޯލުގައި މަހޫ ބުނެފައިވެ އެވެ.

އެލައިޑުން ކަނޑު އުޅަނދު ފަހަރަށް ދޭ އިންޝުއަރެންސަކީ ގިނަ އޮޑިވެރިން އެންމެ ގަޔާވާ އެއް އިންޝުއަރެންސެވެ. އެލައިޑުން ވަނީ މި އަހަރުގެ 10 ޑިސެމްބަރުގެ ކުރިން އޮޑި އިންޝުއަކޮށްގެން ހާއްސަ އިނާމެއް ވެސް ލިބޭ ގޮތަށް ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި މުއްދަތުގައި ގުރުއަތުން ހޮވާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެނީ ސުޒުކީ އައުޓް ބޯޑު 60 ހޯލް ޕަވަރުގެ އިންޖީނެކެވެ.

ކޮންމެއަކަސް ނަހޫ މި ވަނީ ރާއްޖޭގެ ހުރިހާ އޮޑިވެރިންނަށް މިކަން ހަނދާން ކޮށްދީފަ އެވެ. އޭނާގެ އޮޑި "ޒުބޭދާ ޓޫ" އެ އޮތީ އެއްކޮށް ކަވަރު ކޮށްފަ އެވެ.