ހަބަރު

ސްރީލަންކަންއިން ހާއްސަ ފެއާއެއް ހުޅުވާލައިފި

Sep 16, 2017
3

ސްރީލަންކަންއިން ރާއްޖެއާ ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތަކަށް ހާއްސަ ފެއާއެއް ހުޅުވާލައިފި އެވެ.

ސްރީލަންކަންގެ ފެއާގެ ދަށުން ކޮލަންބޯ ދެކޮޅު ޓިކެޓެއް 186 ޑޮލަރަށް ލިބެ އެވެ. އެކަމަކު މި ހާއްސަ ފެއާގައި ދަތުރުކުރާ ބިދޭސީންގެ އަތުން 26 ޑޮލަރު އިތުރަށް ނަގައެވެ.

މި ފެއާއިން އަންނަ ނޮވެމްބަރުގެ ނިޔަލަށް ޓިކެޓް ގަންނަން ލިބެ އެވެ. ހަމައެއާއެކު އެ މުއްދަތުގެ ތެރޭގައި، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހުރި ދަތުރުތަކުގެ ޓިކެޓް ވެސް ފެއާ އަގުގައި ވިއްކަ އެވެ.