ބޮލީވުޑް

ސަލްމާން "ރޭސް 3" ކުޅެނީ 70 ޕަސެންޓް ފައިދާ ލިބޭ ގޮތަށް

Sep 20, 2017
1

ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ސުޕަސްޓާ ސަލްމާން ޚާނާ އެކު ފިލްމެއް އުފެއްދުމުގެ ހުވަފެން ދެކެމުން އަންނަތާ އެތަކެއް އަހަރުވެއްޖެ އެވެ. ތައުރާނީގެ މި ހުވަފެނުގެ ކުލަޖެހުނީ އޭނާ ޕްރޮޑިއުސްކުރާ ތްރިލާ ސިލްސިލާ "ރޭސް" ގެ ތިންވަނަ ފިލްމުގެ ލީޑްރޯލު ކުޅެން ސަލްމާން އެއްބަސްވުމުންނެވެ.

ސަލްމާން "ރޭސް 3" ކުޅެން އެއްބަސްވި ހިސާބުން އެންމެ ގަދަޔަށް ދެކެވެން ފެށި ވާހަކަ އަކީ އޭނާ މި ފިލްމު ކުޅެން އެއްބަސްވި ބޮޑު އަގުގެ ވާހަކަ އެވެ.

ބޮޑު އަގެއްގެ އިތުރުން ސަލްމާން މި ފިލްމު ކުޅެން އެއްބަސްވީ ފިލްމުގެ ފައިދާއިން ލިބޭ ހަތްދިހަ އިންސައްތަ ވެސް އޭނާ އަށް ލިބޭ ގޮތަށެވެ.

މީގެއިތުރުން ވެސް ސަލްމާން ވަނީ މި ފލްމުގެ ސެޓަލައިޓް ރައިޓްސް ވެސް އޭނާ އަށް ދޭން ޕްރޮޑިއުސަރުން ކުރެން އެދިފަ އެވެ. ނަމަވެސް އެކަކާ ގުޅިގެން އަދިވެސް ސަލްމާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެ އެވެ.

މިއީ ސަލްމާން ފިލްމުގެ ވިޔަފާރީގެ ފައިދާއިން ބޮޑު ޕަސެންޓެއް ލިބޭ ގޮތަށް ފިލްމެއް ކުޅެން އެއްބަސްވި ފުރަތަަ ފަހަރެއް ނޫނެވެ. ސަލްމާން ފުރަތަމަ ކުޅުނު ޔާޝް ރާޖްސްގެ ފިލްމު "އޭކް ތަ ޓައިގާ" ވެސް ކުޅެފައިވަނީ ފިލްމުގެ ވަކި ޕަސެންޓަކާއި ސެޓެލައިޓްސް ރައިޓްސް އޭނާ އަށް ދިނުމުންނެވެ. އޭގެކުރިން ޔާޝް ރާޖްސްއިން ސަލްމާނަށް ހުށަހެޅި ހުރިހާ ފިލްމެއް އޭނާ ވަނީ އަގުކުޑަވުމުން ދޫކޮށްލާފަ އެވެ.

ސަލްމާންގެ އިތުރުން އާމިރް ޚާން އާއި ޝާހްރުކް ޚާން އަދި އަކްޝޭ ކުމާރު ފަދަ ތަރިންވެސް މިފަހަކަށް އައިސް ފިލްމު ކުޅެން އެއްބަސްވަނީ ފައިދާގެ ލާރިން ވަކި ޕަސެންޓެއް ލިބޭ ގޮތަށެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ "ރޭސް 3" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޖެކުއަލީން ފާނެންޑޭޒް އެވެ. މި ފިލްލްމުގެ ޝޫޓިން އަދި ފަށާނެ ދުވަހެއް ހާމަކޮށްފައިނުވާއިރު ސަލްމާން މިހާރު އަންނަނީ ޔާޝް ރާޖްސްގެ "ޓައިގާ ޒިންދާހޭ" ކުޅެމުންނެވެ.

"ރޭސް" ސިލްސިލާގެ ފުރަތަމަ ފިލްމާ ދެވަނަ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އެވެ.