ބޮލީވުޑް

"ޗެންނައި އެކްސްޕްރެސް"ގެ ޕްރޮޑިއުސަރު ފުލުހުންނާ ހަވާލުވެއްޖެ

Sep 24, 2017

ސުޕަސްޓާ ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޗެންނާއި އެކްސްްޕްރެސް" އާއި "ދިލްވާލޭ" އަދި "ރާވަން" ގެ ޕްރޮޑިއުސަރު ކަރީމް މޮރާނީގެ މައްޗަށް އުފުލާފައިވާ ރޭޕްގެ ތުހުމަތުގައި އޭނާ ކަފާލާތުގެ ދަށުން މިނިވަން ނުކުރުމަށް ހައިދްރައާބާދުގެ ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ރޭގެ އިއްޔެ ރޭގެ ވަގުތެއްގައި ތާއީދުކުރުުމުން އަމިއްލަ އަށް ފުލުހާ ހަވާލުވެއްޖެ އެވެ.

މޮރާނީ ވަނީ އުމުރުން 25 އަންހެނަކާ ކައިވެނިކުރާނެ ކަމަށް ބުނެ އެކި ފަހަރު މަތިން އޭނާ ރޭޕްކޮށް، ޖިންސީ އަނިޔާ ކުރުމުގެ އިތުރުން އޭނާގެ އޮރިޔާން ފޮޓޯތަކެއް ވެސް ނަގާފަ އެވެ.

މޮރާނީ އެކި ފަހަރު މަތިން އެ އަންުހެން މީހާ ރޭްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ ހަމަޔަށެވެ. އަދި މޮރަނީ އާ ދެކޮޅަށް އޭނާ ރޭޕްކުރި ކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެ އަންހެން މީހާ ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކައިވެނިކުރާނެ ކަމަށް ވައުދުވެ މޮރާނީ އޭނާ އެކި ފަހަރު މަތިން މުމްބައިގައި ރޭޕްކުރި ކަމަށެވެ.

ފަންސަވީސް އަހަރުގެ އެ އަންހެން މީހާ ރޭޕްކުރި ކަމުގެ ތުހުމަތުގައި މޮރާނީ މިހާރު ފުލުހުން ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަކަރާތް ހީލަތް ހެދުމާއި ރޭޕްކުރުމާއި ކައިވެނީގެ ގުޅުމަށް އިހްތިރާމްނުކުރުމުގެ ތުހުމަތެވެ.

ކައިވެންޏެއް ކޮށްގެން އުޅޭ މޮރާނީގެ ދެ އަންހެން ކުދިން ތިބެ އެވެ. އޭގެތެރެއިން ޒޯ މޮރާނީ އަކީ ބަތަލާ އެކެވެ.