ފިނިޕޭޖް

ފުލުސް ޗައިލްޑް ޕްރޮޓެކްޝަން އެމްބެސަޑަރަކަށް ބޮޑުބެ

Sep 25, 2017
1

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ތަރިންގެ ތެރެއިން އާންމުކޮށް ލަވަ ކިޔުމުގައި އުޅެނީ އޭގެ ތެރެއިން މަދު ބައެކެވެ. އޭގެ އެއް ތަރިއަކީ އައިޑޮލްގެ ދެވަނަ ސީޒަންގެ ގަދަ ފަހެއްގައި ހިމެނުނު އިބްރާހިމް ވަހީދު (ބޮޑުބެ) އެވެ. އައިޑޮލް އިން ވަކިވުމަށްފަހު ބޮޑުބެ ވަނީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ދަށުން ހިންގާ ހަބޭސް ފިއުޝަން އާ ގުޅިފަ އެވެ. އެ ގްރޫޕްގެ ޝޯތަކުގއި ބޮޑުބެ އަޑު އަންނަނީ އިވެމުންނެވެ.

ބޮޑުބެގެ އަމިއްލަ ލަވައެއް މިހާތަނަށް އަޑު ނީވުނު ކަމުގައި ވިޔަސް ބޮޑުބެ ވަނީ މިދިޔަ ރޯދަމަހު އޭނާގެ ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި މަދަހައެއް ދޫކޮށްލާފަ އެވެ. ބޮޑުބެގެ އެ މަދަހަ ގިނަ ބަޔަކަށް ކަމުވެސް ދިޔަ އެވެ. މިހާރު މިއޮތީ އަނެއްކާވެސް ބޮޑުބެގެ އާ ވާހަކަ އެކެވެ. މި ފަހަރު ލަވައެއް ނުވަތަ މަދަހައެއް ވެސް ނޫނެވެ. ބޮޑުބެ މިވަނީ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަންގެ އެމްބަސަޑަރަކަށް ހަމަޖައްސާފަ އެވެ.

"އަސްލު ބޭނުންވަނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވާ އެކަމާ ދެކޮޅަށް މަސައްކަތް ކުރަން، މިހާރުވެސް ކުޑަކުދިންނަށް ވަރަށް އަނިޔާ ކުރޭ، އެކަންތައްތައް ހުއްޓުވަން ބޭނުންވަނީ، އަނެއްކާ މީ ކުޑަކުދިން ދެކެ ވެސް ވަރަށް ލޯބިވާ މީހެއް، އެހެންވެ ކަންނޭނގެ،" ބޮޑުބެ ބުންޏެވެ.

ބޮޑުބެ މޯލްޑިވިއަން އައިޑޮލްގެ ދަތުރާއި ވަކިވާން ޖެހުނީ އައިޑޮލްގެ ގަދަ ފަހަކުންނެވެ. އެހާ ހިސާބުން އައިޑޮލް އިން ވަކިވި ނަމަވެސް ބޮޑުބެ އުންމީދުތައް ބޮޑެވެ. ރާއްޖޭގެ އެންމެ މޮޅު ލަވަ ކިޔުންތެރިޔާއަށް ވުމަކީ ބޮޑުބެގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން ބޮޑުބެ ހުރި އަތުކުރި އޮޅާލައިގެންނެވެ.

އެންމެ ފުރަތަމަ ބޮޑުބެ ލަވަކިޔަން ފެށީ 2013 ވަނަ އަހަރެވެ. އެ ދުވަސްވަރު ބޮޑުބެ ލަވަ ކިޔާފައިވަނީ ރަށުގައި ބާއްވާ ބައެއް އީދު ޝޯތަކުގަ އެވެ.