ކުޅިވަރު

17 އަހަރުން ދަށުގެ ވޯލްޑްކަޕަކީ އިންޑިއާއަށް މުހިންމު ޓެސްޓެއް

Sep 25, 2017

ސެޓްލައިޓް ޖައްވަށް ފޮނުވައި، ބިމާއި ޖައްވާ ގުޅުވާލުމުގައި އިންޑިއާއިން ކާމިޔާބު ހޯދާނެ ކަން މުޅި ދުނިޔެ ޔަގީން ކުރެ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ވޯކް ފޯސް އިންޑިއާގައި އޮތުމުން މަދަނީ ތަރައްގީގައި އިންޑިއާއިން ކުރިއެރުން ހޯދާނެކަން ވެސް ދުނިޔެ އަށް އެނގެ އެވެ.

ނަމަވެސް، މުޅި ދުނިޔެއަށް ނޭނގި އޮތް ކަމަކީ، ދުނިޔޭގެ އެއް ވަނަ ކުޅިވަރު، ފުޓްބޯޅައިގެ ބޮޑު ހަރަކާތެއް ހޯސްޓްކޮށް ކާމިޔާބު ކަމާއެކު އިންޑިއާ އަށް ގެންދެވިދާނެ ކަމެވެ. އެ ސުވާލު އުފައްދަން ޖެހޭ ސަބަބުތައް ވެސް އިންޑިއާގެ މާޒީން ވަނީ ފެނިފަ އެވެ. ބްރެޒިލްގައި 1950 ވަނަ އަހަރު ބޭއްވި، ވޯލްޑް ކަޕް ކުޅެން އިންޑިއާ ލިބުނު ފުރުސަތު އެ ގައުމުން ދޫކޮށްލީ ބޫޓަށް އަރައިގެން ކުޅެން ޖެހޭތީ އެވެ. އިންޑިއާ ލިބުނު އެ ބޮޑު ފުރުސަތު ދޫކޮށްލި ހިސާބުން ފުޓްބޯޅައިގެ ބޮޑު ހަރަކާތެއް އިންޑިއާގެ ބުރަކަށްޓަށް އުފިލިދާނެ ބާއޭ އުފެދޭ ސުވާލު ވެސް އޮތީ އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށާ، ފީފާ ވޯލްޑް ކަޕްގެ 17 އަހަރުން ދަށުގެ މުބާރާތަކީ އިންޑިއާގެ ފުޓްބޯޅަ، މިހާތަނަށް ކުރިމަތިލާނެ އެންމެ މުހިންމު އިމްތިހާން ކަމަށް، އެ ގައުމުގެ ސީނިއާ ޓީމުގެ ކެޕްޓަން ސްނިލް ޗެތުރީ ވަނީ ބުނެފަ އެވެ. ޗެތުރީ ބުނީ އެ މުބާރާތާ މެދު އިންޑިއާ އަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"އެއް ގޮތައް ވުރެ ގިނަ ގޮތް ގޮތުން 17 އަހަރުން ދަށުގެ ވޯލްޑް ކަޕަކީ އިންޑިއާ އަށް އޮތް ބޮޑު އިމްތިހާނެއް، އެއީ ބޮޑު ހަރަކާތެއް ބޭއްވުމުގެ ޓާސްކު ތަކުގައި ތެރޭގައި ހިމެނޭ ކަމެއް ނޫން އެއީ ހަމަ އެކަނި ޖޫނިއާ އޭޖް ގުރޫޕަށް އެކަނި އޮތް ކަމެއްވެސް ނޫން، އެއީ އިންޑިއާ އަށް ފީފާގެ ޓިކެޓް އިވެންޓެއް ބޭއްވުމުގެ ގާބިލު ކަން ހުރިތޯ ބަލަންވެސް އޮތް ޓެސްޓެއް،" ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުގައި ޗެތުރީ ބުންޏެވެ. "އަހަރެން އުންމީދު ކުރަނީ އަހަރެމެންނަށް މިކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް، ވޯލްޑް ކަޕަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް މި ގައުމުގެ އެއްމެން އެއްބައިވެ އެއްކަމަކަށް އަންނަން ޖެހޭ، މުޅި ދުނިޔެ ތިބީ އަހަރެމެންނަށް ބަލަން، އަހަރެމެންނަކަށް ކެތެއް ނުކުރެވޭނެ ތައްޔާރީ ތަކުގައި އެއްވެސް ކަހަލަ ވެއްޓުމެއް އަންނަތަން ބަލާކަށް."

ޗެތުރީ ބުނީ، ކުރިއަށް އޮތް ވޯލްޑް ކަޕަކީ އިންޑިއާގެ ފުޓްބޯޅަ ދުނިޔޭގެ ޓްރެކަށް އުދިހި ގަންނަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އިންޑިއާގެ ފުޓްބޯޅައާ މެދެ ދުނިޔޭގެ ނަޒަރު ބަދަލު ކުރެވޭނެ ކަމަށެވެ.

"މިއީ އިންޑިއާ އިން ފިފާގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު އަދި މިއީ އިންޑިއާގެ ޓީމެއް ފީފާގެ މުބާރާތުގައި ވާދަ ކުރާ ފުރަތަމަ ފަހަރުވެސް މެ، މިއީ ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް." ޗެތުރީ ބުންޏެވެ.

މުބާރާތުގައި، އިންޑިއާ ހިމެނެނީ، މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ގާނާ އާއި އެމެރިކާ އާއި ލެޓިން އެމެރިކާ ސަރަހައްދުގެ ވަރުގަދަ ބާރެއް ކަމަށްވާ ކޮލަމްބިއާ އެކު، ގުރޫޕް 'އޭ' ގަ އެވެ. ޗެތުރީ ބުނީ އެ މެޗު ތަކަކީ އިންޑިއާ ޒުވާން ޓީމަށް ލިބޭ ތަޖުރިބާ ތަކެއް ކަމަށާއި ވަރުގަދަ ޓީމު ތަކާ ދެކޮޅާށް ކުޅެގެން ބޮޑެތި ކުރި އެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި އޭނާ ވަނީ އިންޑިއާ އަށް ހާސިލު ވާނެ މިންވަރަކުން ހުރިހާ އެންމެންގެ އުންމީދުތައް ގެންގުޅުމަށް އެދިފަ އެވެ.

"ޕްރެޝަރާ އެކު މުބާރާތަށް ދިއުމުގެ ބޭނުމެއް ނެތް،" އަދި އަހަރެމެންނަށް ހާސިލު ނުވާނެ ވަރަކުން އެ ކުޅުންތެރިންނަށް ޕްރެޝަރު ކުރުމުގެ ބޭނުމެއް ނެތް." ޗެތުރީ ބުންޏެވެ. އިންޑީއާގެ ޓީމުގެ ކުޅުންތެރިންނަށް އޭނާ ދޭން އޮތް އިރުޝާދަކީވެސް، މެޗުގެ ކޮންމެ މިނެޓަކީވެސް ކެރިއެރުމަށް ބޭނުން ކުރެވޭނެ ވަގުތަކަށް ހެދުމަށެވެ. އަދި ޕްރެކްޓިހުގައި ލިބުނު ހުރިހާ ފިލާވަޅެއްވެސް ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް ޗެތުރީ ވަނީ ކުޅުންތެރިންގެ ކިބައިން އެދިފަ އެވެ.