ކުޅިވަރު

އީ ސްޕޯޓްސް ޗެމްޕިއަން ޝީލްޑް ވީޑިއޯ ގޭމް މުބާރާތް ރާއްޖޭގައި

Sep 27, 2017
1

އިންޓަނޭޝަނަލް އީ ސްޕޯޓްސް ފެޑެރޭޝަންނާއި ރާއްޖޭގެ އީ ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން، އީ ސްޕޯޓްސް ޗެމްޕިއަން ޝީލްޑްގެ ނަމުގައި އިލެކްޓްރޯނިކް ސްޕޯޓްސްގެ ވީޑިއޯ ގޭމް މުބާރާތެއް ބާއްވަން އިއއުލާން ކޮށްފި އެވެ.

މި މުބާރާތް ބާއްވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ޕްރޮސެސް އަންނަ މަހު އަށެއްގައި ހުޅުވާލާނެ އެވެ. ރާއްޖޭގައި ބާއްވާ މުބާރާތަކީ ނެވެމްބަރު މަހު ދެކުނު ކޮރެއާގެ ބުސާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ވަނަ އީސްޕޯޓް ވޯލްޑް ޗެމްޕިއަންޝިޕް ގައި ރާއްޖެ ތަމްސީލު ކުރާނެ ފަރާތްތައް ކަނޑައަޅަން ބާއްވާ މުބާރާތެކެވެ.

މޯލްޑިވްސް އީ ސްޕޯޓިންގ އެސޯޝިއޭޝަން އަކީ ރާއްޖޭގައި އިލެކްޓްރޯނިކް ކުޅިވަރުތަށް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ޖަމާއަތެކެވެ.