ވިޔަފާރި

ވެލިގާ އިން ޖަރުމަނުގެ މެޓާބޯ ޕަވާ ޓޫލްސް ރާއްޖެއަށް ގެނެސްދީފި

ވެލިގާ ހާޑްވެއާ އިން ޖަރުމަނުގެ މަޝްހޫރު "މެޓާބޯ" ޕަވާ ޓޫލްސް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން ގެންދާތާ 90 އަހަރުވެފައިވާ އިތުބާރުހުރި މަޓާބޯގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެން ބޭއްވި ރަސްމިއްޔާތުގައި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނޯީ ފެންވަރު ރަނގަޅު އެއްޗިހި ރާއްޖެ ގެނެސް، މީގެ އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށް ކަމަށެވެ. "މަޓާބޯ" ގެ އުފެއްދުންތައް ދިވެހިންނާ ހަމައަށް ގެނެސް ދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މިއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެހާސް އަށް ވަނަ އަހަރުން ފެށިގެން ކެނޑިނޭޅި މަސައްކަތް މިކުރަނީ ރަނގަޅު ހިދުމަތްތަކެއް ދޭން. މިކަމަށް މިހާތަނަށް ފަސް ފިހާރައެއް މިވަނީ ހުޅުވިފައި،" ޒައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެޓާބޯގެ އޮތޮރައިޒް ކުންފުނީގެ ގޮތުގައި މި އުފެއްދުންތައް ރާއްޖެއަށް ގެނެސް ދިނުމާއެކު، އަންނަ އަހަރުވެސް އާ އުފެއްދުންތަކެއް ފެނިގެންދާނެ ކަމަށެވެ.

"މެޓާބޯއަކީ ތަފާތު މޮޅު އުފެއްދުމެއް. މީގެ އެންމެ ހާއްސަ އެއް ކަމަކީ މި އުފެއްދުންތަކުގެ ކޯޑްލެސް ބެޓެރި،" ޒިޔަދު ވިދާޅުވި އެވެ.

ދުނިޔޭގެ 120 ގައުމެއްގައި ހިދުމަތް ދެމުން ގެންދާ، މެޓާބޯ އިން އޭޝިޔާ އަދި މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ، ޖެނެރަލް މެނޭޖަރު މާސަލް ސީނިއާ ވިދާޅުވީ މި އުފެއްދުމަކީ އެހެން ޕަވާ ޓޫލްސްތަކާ ހިލާފަށް ހުރިހާ އެއްޗެއް ޖަރުމަނުގައި ހުންނަ މައި ކުންފުނިން އުފައްދައި، ވިއްކާ ކުންފުންޏެއް ކަމަށެވެ. އަދި މި އުފެއްދުންތައް ތައާރަފު ކުރަން ކުރި މަސައްކަތުގައި، ވެލިގާއާ ގުޅުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޓާބޯ ތައާރަފު ކުރުމަށްޓަކައި ވެލިގާއާއެކު މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. މި ދުވަސްތަކުގައި އެނގުނީ ވެލިގާގެ ޓީމަކީ މިކަމަށް ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ތިބި މުވައްޒަފުންތަކެއް ލިބި ޓީމެއްކަން،" މާސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެޓާބޯ ޕަވާ ޓޫލްގެ ތެރޭގައި މެޓަލް މަސައްކަތްތަކާއި އިމާރާތް ކުރުން އަދި ލަކުޑީގެ މަސައްކަތްތަކާއި ސްޓޯންގެ މަސައްކަތްތަކަށް ބޭނުންވާ ޓޫލްސްވެސް ހުންނާނެ ކަމަށެވެ.

"މި ޕަވާ ޓޫލްގެ ތެރޭގައި ހިމެނޭ ކޮންމެ އުފެއްދުމަކީވެސް އެންމެ ފަހުގެ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް ފަރުމާ ކުރެވިފައިވާ އެއްޗެއް،" މާސަލް ވިދާޅުވި އެވެ.

މެޓާބޯ ޕަވާ ޓޫލްގެ ހާއްސަ ބައެއް ސިފަަތައް

މެޓާބޯ ޕަވާ ޓޫލްސް ކުރުގޮތަކަށް ބަލައިލާ

* މެޓާބޯގެ އެމް- ޓެކްނޮލޮޖީ ބެޓެރި: މި ޓެކްނޮލޮޖީގެ ސަބަބުން އަތަށް ލުއިވެފައި ބެޓެރީގެ ބާރު ގިނަ ވަގުތު ހިފަހައްޓައި ދެ އެވެ. އަދި މި ބެޓެރިއަކީ ހިމެނޭ އޭއާ ކޫލްޑް ސިސްޓަމްގެ ސަބަބުން ބެޓެރި ޗާޖު ކުރަން ނަގާ ވަގުތު ކުޑަކޮށްދެ އެވެ. އެއް ބެޓެރިން ހުރިހާ އުފެއްދުމެއްގައި ބޭނުން ކުރެވެ އެވެ. އާއްމު އެހެން ބާވަތްތަކަށްވުރެ 67 ޕަސެންޓް ބެޓެރީގެ ބާރުގަދަ އެވެ. އަދި 87 ޕަސެންޓް ގިނަ ވަގުތު ހިފަހައްޓައިދެ އެވެ. މީގެ އިތުރުން 100 ޕަސެންޓް އުމުރު ދިގެވެ.

* އެސް އޮޓޮމެޓިކް ސޭފްޓީ ކްލިޕް: މި ޓެކްނޮލޮޖީގެ ސަބަބުން ކުއްލިއަކަށް ބުރުމާ އާއި ގްރޭންޑަރު ފަދަ އާލާތްތައް ނުއަތަށް އެނބުރިގެންދާއިރު، މީހާ އަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެ އެވެ.

މެޓާބޯ އުފެއްދުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން، ޖީއެމް މާސަލް ވިދާޅުވީ މެޓާބޯ ރޭންޖުގައި ހިމެނޭ މޭޒުމަތީ ކީހާއި ބުރުމާ ފަދަ އާލަތްތަކުގައި ކުޑި ނުބުރާ ޓެކްނޮލޮޖީީ ހުރުމަކީ ހާއްސަ ސިފައެއް ކަމަށެވެ.

"މީގައި ހިމެނޭ ކުޑި އެއްކުރާ ނިޒާމުގެ ސަބަބުން ތޮރުފާއިރު ކުނޑީގެ މައްސަލަ ހައްލުކޮށްދޭ،" މާސަލް ވިދާޅުވި އެވެ.

ވެލިގާ އިން ވަނީ މެޓާބޯ ރާއްޖެއަށް ތައާރަފު ކުރުމާއެކު، މި އުފެއްދުންތަކަށް އެއް އަހަރުގެ ވޮރަންޓީ އަދި ބެޓެރިއަށް ތިން އަހަރުގެ ވޮރަންޓީ ދޭނެ ކަމަށް ބުނެފަ އެވެ.

ޖަރުމަނުގެ، މެޓާބޯ ކުންފުނީގައި 1800 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި މި ކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީ މިދިޔަ އަހަރު 500 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

ފޮޓޯއިން: