ލައިފްސްޓައިލް

ބޮލުގައި ތި ރިއްސަނީ ޖަހާ ސެންޓަކުން ކަމަށްވެދާނެ

Oct 4, 2017
1

ލެކިއުޓް ނޫނީ މާލޭގެ ކޮންމެވެސް ނަން މަޝްހޫރު ސެންޓު ފިހާރައަކަށް ވަދެ އެތަނުގައި ހުރި އެންމެ އަގުބޮޑު އަދި އެންމެ މީރުވަސް ދުވާ ސެންޓުފުޅި ގަނެގެން އައިސް ބިޓަށް ނޫނީ އަނބި މީހާ ވިޔަސް ފިރިމީހާއަށް ވިޔަސް ދިނުމުން އެ ނިމުނީ އެވެ. ބައެއް މީހުންނަށް ލޯބިވެސް ދެވުނީ އެވެ.

ކިތަންމެ އަގުބޮޑު ވިޔަސް ނުވަތަ ހެޔޮ ވިޔަސް ސެންޓު ފުޅިއެއް ލޯބިވާ މީހާގެ އަތުން ލިބުމުން ދެން ހުންނާނީ ނިކަން ހިންހަމަ ޖެހިފަ އެވެ. އެ ސެންޓުފުޅި ކަމު ގޮސްފިނަމަ ސެންޓު ފުޅި ދިން މީހާއަށްވެސް ނިމުނީ އެވެ. އުފަލުގެ ކޮޅެއް ނެތެވެ.

އެހެން ނަމަވެސް ސެންޓުފުޅިއެއް ގަތުމުގެ އެ ސެންޓެއް އުފައްދަން ބޭނުންކޮށްފައި ހުރީ ނެޗުރަލް ފްރެގްރެންސް ތޯ ނުވަތަ އާޓިފިޝަލް ފްރެގްރެންސް ތޯ ބަލއިލި އެކަކުވެސް އެބަހުރި ހެއްޔެވެ؟ ދެން ހިތަށް އަރާފާނެ އެވެ. އެއީ އެހަ މުހިންމު ކަމެއް ހެއްޔެވެ؟ ސެންޓުގައި މީރުވަސް ދުވައިފިއްޔާ އެ ނިމުނީއެއް ނޫން ހެއްޔެވެ؟

މިއޮއް ހުރިހާ ދުވަހު އެގޮތް އޯކޭ ވެގެން ތިބީ އެވެ. އެކަމަކު އެއީ އޯކޭ ވެގެން ދޫކޮށްލެވޭ ވަރުގެ ކުޑަކަމެއް ނޫނެވެ. ބޮލުގައި ރިއްސުމާ، އޭސްތުމާ އަދި ގައިގައި ބިހި ނަގާ ހަންގަނޑު ތި ހަލާކުވަނީ ބޭނުންކުރާ ސައިބޯންޏާއި ލޯޝަންގެ ސަބަބުން ނޫން ކަމަށް ވެދާނެ އެވެ. ބޭނުންކުރާ ސެންޓުގައި މާގިނައިން އާޓިފިޝަލް ފްރެގްރެންސް ހިމެނޭ ނަމަ ދެންމެ މި ބުނި ކަންތައްތައް ކުރިމަތިވެދާނެ އެވެ. ސައިންސްވެރިން މިވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ސައިންސްވެރިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައިވެސް ވަނީ މައިގްރޭން ހުންނަ އަންހެނުންގެ ތެރެއިން ހަތަރުބައިކޮށްފައި ތިން ބައި މީހުންނަށް މައިގްރޭން އާ ކުރިމަތިލާން ޖެހިފައިވަނީ ބޭނުންކުރެވޭ ސެންޓުގެ ސަބަބުން ކަމެވެ.