ކުޅިވަރު

ސްޕެއިންގެ ގައުމީ ޓީމުގައި ސިޔާސީ ވާހަކަ ދެއްކުން މަނާ!

Oct 4, 2017

މި ހަފުތާ އަކީ ސްޕެއިންގެ ސިޔާސީ މަސްރަހުގައި، ހަލަބޮލި ދުވަސް ކޮޅެކެވެ. ސްޕެއިންގެ އުތުރު އިރުމަތީ ފަޅި، ސްޕެއިންއާ ވަކިވެ، ކެޓަލޯނިއާކިޔާ ދައުލަތެއް އުފައްދަން ނެގި ވޯޓާ ގުޅިގެން ސްޕެއިންގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ހޫނު ކޮށެވެ. ކެޓަލޯނިއާގެ ދައުލަތުގެ މައި ރަށެއްގެ ގޮތުގައި ބާސެލޯނާ އޮތުމުން، އެފްސީ ބާސެލޯނާވެސް އެ ހަރަކާތުގައި ކޮންމެވެސް ހައިސިއްޔަތަުކުން ބައިވެރި ވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ވޯޓް ނެގިިއރު، ސްޕެއިންގެ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ. އެކަމުގެ ރުޅިވެރިކަން، ބާސާގެ ބައެއް ކުޅުންތެރިންގެ މެދުގައިވެސް އާނުމުވި އެވެ. މީޑިއާ އާ ހަމަޔަށް އެ ވާހަކަ ގެންދިޔައީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. ޕީކޭ ވަނީ ސްޕެއިންގެ ބޮޑު ވަޒީރު މަރިއާނޯ ރަހޯ އަށް ވަރަށް ބޮޑަށް ފާޑޫ ކިޔުން އަމާޒު ކޮށްފަ އެވެ.

ވޯޓް ނެގި ދުވަހަށް ފަހު، ބާސާގެ ކުޅުންތެރިން ވެސް ގުޅުނީ ސްޕެއިންގެ ގައުމީ ޓީމުގެ ޑިޔުޓީ އަށެވެ. ޕީކޭ ގައުމީ ޓީމުގެ ކޭމްޕާ ގުޅެން ދިއުމުން ބައެއް ސަޕޯޓަރުން ވަނީ އޭނާ އާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ.

ސްޕެއިންގެ ކޯޗް ހުއާން ލެޕެޓޮގީ ވަނީ، މައްސަލައިގެ ތެރެއަށް އިތުރު ދަރު އަޅައި އިތުރަށް ރޯު ކުރުމުގެ ފުރުސަތު ނުދިނުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. ގައުމީ ޓީމުގެ ޑިޔުޓީ ހުސްވެ ހުންނަ ދުވަސް ވަރު އެއްވެސް ސިޔާސީ ވާހަކަ އެއް ސޯޝަލް މީޑިއާގައިވެސް އަދި އެހެންވެސް ޕްލެޓްފޯމެއްގައި ނުދެއްކުމަށް ވަނީ އަންގާފަ އެވެ. އަދި ގައުމީ ޓީމުގައި ފުޓްބޯޅަ އަށް އެކަނި ފޯކަސް ކުރުމަށް ލެޕޮޓޮގީ ކުޅުންތެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ބުނެފައި ވެއެވެ.

ކުލަބު ލެވަލްގައި، ބަހުގެ ހަމަލާ ބަދަލު ކުރާ ދެ ކުޅުންތެރިންނަކީ، ޕީކޭ އާއި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއާ ރާމޯސް އެވެ. ނަމަވެސް ގައުމީ މީޓިންގައި ދެ ޑިފެންޑަރުންވެސް ތިބީ މޫނު ބައްދަލުވާ ހިސާބުގަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ އެކަކު އަނެކަކަށް ވާހަކަ ދައްކާފަ އެވެ. ގައުމީ ޓީމުގައި ދެ ޑިފެންޑަރުންގެ މެދުގައި އެއްވެސް ކަހަލަ މައްސަލައެއް ނެތެވެ.

ރާމޯސް މީގެ ކުރިން ބުނެފައި ވަނީ ގައުމީ ޓީމުގައި އޭނާ އާއި ޕީކޭ އާ ދެމެދު އެއްވެސް ކަހަލަ މައްސަލެއް ނެތް ކަމަށެވެ. އަދި ގައުމީ ޓީމުގައި އޭނާގެ ގައިގައި އުފަލުން ބައްދާލެނެ ކަމަށް ރާމޯސް ބުނެފައި ވެއެވެ.

"ޕީކޭ އާއި އަހަރެން ވާނީ، ގިނަ ގާ ބުރިތަކެއް އެކަކު އަނެކަކަށް އުކާފައި، ނަމަވެސް މިހާރު އަހަންނާ އޭނާ ބައްދަލު ވެއްޖެއްޔާ އޭނާގެ ގައިގައި އަހަރެން ބައްދާލާނަން."

ވޯލްޑް ކަޕް ކޮލިފައިންގައި، ސްޕެއިން އަށް އޮތީ ކޮލިފައިންގެ އެންމެ މުހިންމު މެޗެވެ. އަލްބޭނިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ސްޕެއިންއަށް އަށް ވޯލްޑް ކަޕުން ފުރުސަތު ލިބިގެންދާނެ އެވެ. ލެޕޮޓޮގީ ވަނީ، އިޖުތިމާއީ މައްސަލަތައް އެއްފަރާތް ކުރުމަށްފަހު، ސްޕެއިންގެ އަލްކެންޓީ ސިޓީގެ ހޯސޭ ރިކޯ ޕެރޭޒް ސްޓޭޑިއަމްގައި ކުޅޭ މެޗަށް ދަނޑަށް އައުމަށް ސަޕޯޓަރުންގެ ފަރާތުން އެދިފަ އެވެ.