ލައިފްސްޓައިލް

ބައެއް ސިއްރު ހިފަހެއްޓުމުން ސިއްހައްތަށް ގެއްލުން!

Oct 5, 2017
2

ތިޔައީ ސިއްރު ހިފެހެއްޓޭ މީހެއްޔެވެ؟ ނޫނީ މީހަކު ހަމަ ވާހަކަ އެއް ބުނާ އިރަށް ގޮސް އެހެން މީހުން ގާތު އެ ވާހަކައެއް ދެއްކޭ ސިއްރު ނުހިފެހެއްޓޭ މީހެއް ހެއްޔެވެ؟

ސައިންސް ބުނާ ވާހަކަ އެއް އެނގޭ ހެއްޔެވެ؟ ސިއްރު ހިފަހައްޓާ މީހުންގެ ސިއްހަތާއި އެމީހުންގެ ދިރިއުޅުމުގެ މަސައްކަތްތަށް ގެއްލުން ލިބޭ ކަމަށެވެ.

ކޮލަމްބިއާ ޔުނިވަސިޓީގެ ސައިންޓިސްޓުން ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ އާންމުކޮށް މީހުން އެހެން މީހުން ގާތު ނުދައްކާށޭ ބުނެ ބުނާ 38 ވައްތަރެއްގެ ސިއްރު ވާހަކަ އެއް ނުދައްކާ ހުރުމުގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބޭ ކަމަށެވެ.

އެގޮތުން އެހެން މީހަކަށް އަނިޔާއެއް ނުވަތަ މީހަކު ދެރަކޮށްލާ ކަމެއް ކުރި ވާހަކަ ނުވަތަ މަސްތުވާ ޒާތުގެ އެއްޗެއް ބޭނުން ކުރުން ފަދަ ވާހަކަ އެއް އެހެން މީހެއްގެ ގާތު ނުބުނާށޭ ބުނުމަކީ އެވާހަކަ ސިއްރު ކޮށްގެން ހުންނަ މީހާއަށް އެކަމުން ގެއްލުންވާ ކަމެކެވެ.

މީގެ އިތުރުން ވެސް ދީނުގައި ހަރާމް ކޮށްފައިވާ ކަމެއް ކުރި ވާހަކަ ނުވަތަ އެހެން ވެސް ޒާތީ ވާހަކަތައް ސިއްރު ކޮށްގެން ހުރުމުން ނަފްސާނީ ގޮތުން ވެސް މީހާ ބަލިކަށި ކުރާ ކަމަށް ވެއެވެ.

އަހަރެމެން ދިވެހިން ވެސް އުޅެން ޖެހިފައިވާ ބިޒީ ދިރިއުޅުމުގެ ބުރައިން ސަލާމަތް ނުވެވިގެން އުޅޭއިރު، އެހެން މީހުންގެ މިފަދަ ސިއްރުތައް ހިފެހެއްޓުމަކީ އިތުރު ބޮލުގަ ރިހުމަކަށް ނޫނީ ނުވާނެ އެވެ.