ހަބަރު

މެންބަރު ނާޒިމް ދަތް އެޅި ކަމަށް ބުނާ މައްސަލައެއް ބަލަނީ

Oct 5, 2017
3

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ފުލުހެެއްގެ ގައިގައި ދަތް އެޅި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

އެ މައްސަލައިގައި މިއަދު ވަނީ ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. ނާޒިމް ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ތުހުމަތުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގަ އެވެ. ނާޒިމްގެ މައްޗަށ ްވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ.

ފުލުހެއްގެ ގައިގައި ނާޒިމް ދަތްއެޅި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތަށް ނާޒިމް އިންކާރު ކުރެ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި 12 މަޖިލިސް މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެ މެންބަރުންގެ ޝަރީއަތް މިހާރުވަނީ ފަށާފަ އެވެ.