ހަބަރު

މާލޭގެ ތަންތަން ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކޮށްފި

Oct 6, 2017
1

މާލެ ތެރޭގެ ބައެއް ތަންތަން ފުލުހުް ބަލައި ފާސްކޮށް ބައެއް ޒުވާނުން ހައްޔަރު ކުރަމުން އެބަ ގެންދެ އެވެ.

ހަފްތާ ބަންދާ ދިމާކޮށް މާލެ ތެރޭގައި ފުލުހުން މިރޭ ފެށި ހާއްސަ އޮޕަރޭޝަންގައި ޕީޓްރަލް ކެފޭ ހިމެނޭ ސަރަހައްދާއި އިސްކަންދަރު ސްކޫލް ކައިރި ހިސާބުތައް ފުލުހުން އަންނަނީ ބަލައި ފާސްކުރަމުން އެވެ. އެ ސަރަހައްދުގެ ބައެއް ގެތައް ބަލައި ފާސްކޮށް ބައެއް ޒުވާނުން ވަނީ ހައްޔަރުކޮށްފައި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އެ އޮޕަރޭޝަން ހިންގާ ފުލުހުން ތިބީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން އެވެ. އަދި އެ ސަރަހައްދުގެ މަގުމަތީގައި ތިބޭ ބައެއް މީހުންނާއި ފުލުހުން ސުވާލުކޮށް އަދި އެ ސަރަހައްދުން ދާ ވެހިކަލްތައް ވެސް ހުއްޓުވާ އަންނަނީ ފާސްކުރަމުން އެވެ.

ފުލުހުން މާލެ ތެރޭގައި މިރޭ ހާއްސަ އޮޕަރޭޝަނެއް ފެށިއިރު މިދިޔަ ދެ ހަފްތާ ތެރޭގައި ގޭންގް މާރާމާރީތައް އިތުރުވެ ދެ ޒުވާނަކު ވަރީ މަރާލައިފަ އެވެ. އެކަމާ ގުޅިގެން ޖުމްލަ 12 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބުނެވެ.