އަޑަށް ބާރުލާފައި މީހުންގެ ވާހަކަ ދެއްކުމާއި މީހުންގެ ކަންތައްތަކާއި ނުބެހެމޭ އަންހެންވެރިން ބުންޏަސް އެއީ ތެދަކަށް ނުވާނެ އެވެ. އާންމުކޮށް މީހުންގެ ޒާތީ ކަންތައްތަކާބެހި މީހުންގެ ވާހަކަ ދެއްކުމަކީ ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ކަށީގައި ހިފާފައި ހުންނަ ނުރަނގަޅު އާދަ އެކެވެ. ފިރިހެނުންގެ ތެރޭގައި ވެސް އެގޮތަށް މީހުންގެ ވާހަކަ ދައްކާ މީހުން އުޅެ އެވެ.
އެވެނި މީހަކު މިވެނި މީހަކާ އިން ވާހަކަ އާއި ރުޅިވި ވާހކަ އެވެ. އެއީ އާންމުކޮށް އަންހެނުން ދައްކާ އުޅޭ ވާހަކަ އެވެ. ފިރިހެނުން ގިނައިން ދައްކާ އުޅެނީ މީހުންގެ ކާމިޔާބީ ފަދަ ވާހަކަތަކެވެ.
އަންހެނުންގެ މިފަދަ ވާހަކަތަކާ އާންމުކޮށް ފިރިހެނުން އާންމުކޮށް އަޅައެއް ނުލަ އެވެ. ގިނަ ފަހަރަށް އަޑުވެސް ނާހާނެ އެވެ. މިއީ ދޮގެއް ހެއްޔެވެ؟ އަންހެނުން އެ ވާހަކަތައް ދައްކަނީ ކީއްކުރަން ހެއްޔޭ ވަރަށް ގިނައިން ފިރިހެނުން ހިތަށް އަރަ އެވެ. އެކަމަކު އެއެއް އެނގޭނީ އަންހެނުންނަށެވެ.
އެހެން ނަމަވެސް ސައިންސް ބުނަނީ މީހުންގެ ވާހަކަ ދެއްކުން ފަދަ ކަންކަން އަންހެނުން ކުރަނީ ފިިރިހެނުންގެ ސަމާލުކަން ހޯދަން ކަމަށެވެ. އެކަމާއި ގުޅޭގޮތުން ކެނެޑާގެ ޔުނިވާސިޓީ އޮފް އޮޓޮވާ އިންވަނީ ދިރާސާއެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ދިރާސާ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވި އެޑަން ޑޭވިސް ވިދާޅުވަނީ މީހުންގެ ވާހަކަ ދެއްކުން ނުވަތަ ގޮސިޕް ކުރުމަކީ އެހެން މީހުންނާ ގުޅިގެން އުޅެން އެނގި އަދި ކަންތައްތަކުގައި މީހާ ޝާމިލުވާ މިންވަރު ދެނެގަނެވޭނެ ކަމެއް ކަމަށެވެ. އަދި އެހެން މީހުންނާ ގުޅުން އުފައްދާ މިންވަރު ދެނެގަނެވޭނެ ކަމަށެވެ.
ޖާނަލް އިވޮލޫޝަނަރީ ސައިކޮލިޖިކަލް ސައިންސްގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ބުނާގޮތުން އެކަކު އަނެކަކަށް ގަޔާވާނަމަ އެކަން ދެނެގަންނަން އެންމެ ފަސޭހަ ގޮތަކީވެސް ގޮސިޕް ކުުރުމެވެ.
އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ އެފަދަ އަންހެނުންނަކީ އަނގަގަދަ ބައެއް ކަމަށާއި އެމީހުންނަށް ގިނަ ކަންތައްތައް އެނގޭނެ ކަމަށެވެ. އެއީ ފިރިހެނުން ގަޔާވާ ކަމެއް ކަމަށެވެ.