ހަބަރު

މާރާމާރީގައި ޒަހަމްވި ކުދިން ފަރުވާއަށްފަހު ދޫކޮށްލައިފި

އައްޑު އަތޮޅު ހިތަދޫގައި ގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި ދެ ކުދިންވެސް ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސާ މުހައްމަދު ނަޖީބު މިއަދު ވިދާޅުވީ މާރާމާރީގައި އެކަކުގެ ބަނޑަށް ވަޅި ހަރާފައިވީ ނަމަވެސް އިންޓާނަލް އެއްވެސް ގުނަވަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި އަނެއް ކުއްޖާގެ ބޮލަށްވެސް ޒަހަމްތަކެއް ލިބުނު ނަމަވެސް ސީރިއަސް ނޫން ކަމަށެވެ. ފަރުވާއަށްފަހު އެ ދެކުދިން ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ސީރިއަސް އަނިޔާއެއް ނުލިބޭ އެއް ކުއްޖަކަށްވެސް، ވަޅި ހަރާފައި ހުރި ކުއްޖާގެ ވަޅި ނައްޓާލީވެސް ހޮސްޕިޓަލަށް ގެނަ ފަހުން، އިންޓާނަލް އިންޖަރީއެއްވެސް ނެތީމަ ދޫކޮށްލީ، އަނެއް ކުއްޖާއަށްވެސް ހުރީ ދެ ކަޓް އިންޖަރީއެއް،" ނަޖީބް ވިދާޅުވި އެވެ.

ރޭ 10:15 ހާއިރު ހިންގި އެ މާރާމާރީ އަކީ 17 އަހަރުގެ ދެ ކުދިންގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް ރޭ ފުލުހުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައިވެސް ވަނީ މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލާފަ އެވެ.