ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން އިސްރަށްވެހިންނާ ބައްދަލު ކުރައްވައިފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއިއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ، ފާތުމަތު އިބްރާހިމް ރާއްޖޭގެ އިސް ރަށްވެހިންނާ މިރޭ ބައްދަލު ކުރައްވައިފި އެވެ.

މާފަންނު ރަސްފަންނުގައި ކުރިޔަށް ގެންދިޔަ އިވެންޓުގައި ގިނަ އަދަދަކަށް އިސް ރަށްވެހިން ބައިވެރިވި އެވެ. ރައީސް ޔާމީން އާއި މެޑަމް ފާތުން ވަނީ އެ ބައްދަލުވުމަށް ދިޔަ އިސް ރަށްވެހިންނާ ސަލާމް ކުރައްވާ ވާހަކަފުޅު ދައްކަވާ ހާލު އަހުވާލު އައްސަވާ އެ ފަރާތްތަކުގެ ތަޖުރިބާތައް އައްސަވާފަ އެވެ.

މިރޭގެ ބައްދަލުވުމުގައި އިސްރަށްވެހިންނާ މުހާތަބުކުރައް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިސް ރަށްވެހިންގެ މުހިންމުކަމާއި ދައުރާއި އެ ފަރާތްތަކަށް އިހުތިރާމާއި ގަދަރުކޮށް އެކަންކަން އުފުލައިދޭން ޖެހޭ ސަބަބުތައް ފާހަގަ ކުރެއްވި އެވެ. އަދި އެ ފަރާތްތަކަށް ތައުރީފުކޮށް ގައުމު ހިންގުމުގައި އެ ފަރާތްތަކުގެ ތަޖުރިބާއިން އެ މަނިކުފާނާއި އެހެން ވެރިންނަށް ނަސޭހަތް ތެރިވުމަށް ރައީސް އެދިވަޑައިގެންފަ އެވެ.

މިރޭ ބޭއްވި ހަފްލާގައި އިސްރަސްވެހިންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ މަޝްހޫރު ލިޔުންތެރިޔާ އަދި ޅެންވެރި، ވާހަކަ ދެއްކުންތެރިޔާ ކަށިމާ އަހުމަދު ޝާކިރެވެ.