ބޮލީވުޑް

ދިޕިކާއާއެކު ފިލްމެއް ކުޅެން ސުޝާންތް ފީ ކުޑަކޮށްފި

Oct 11, 2017

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް މިިހާރު ކުޅެމުން އަންނަ "ކެދާރްނާތު" އާއެކު އޭނާ އަތުގައި ކުޅެން ހަމަޖެހިފައި އޮތް އިތުރު ހަތަރު ފިލްމެއް އެބަ އޮތެވެ.

އެ ފިލްމުތަކުުގެ އިތުރުން އެހެން ފިލްމުތަކެއް ވެސް ސުޝާންތަށް ލިބެމުން އަންނައިރު، ބަތަލާ ދިޕިކާ ޕަދުކޯނަށް ހުށަހަޅާފައިވާ ފިލްމަކުން ވެސް ސުޝާންތަށް ވަނީ ހުށަހެޅުން ލިބިފަ އެވެ.

އެ ފިިލްމުން ހުށަހެޅުން ލިބުމުން ފިލްމު ކުޅެދޭން ސުޝާންތް އެއްބަސްވެފައިވާ ކަމަށް ވަނީ ވަރަށް ބޮޑު އަގެއްގަ އެވެ. ނަމަވެސް އެ ދެ ތަރިންނަށް މާ ބޮޑު އަގެއް ދެވެން ނެތް ކަމަށް ސުޝާންތް ކުރެން ފިލްމުގެ ޑައިރެކްޓަރު ބުނުމުން އޭނާ ވަނީ ދިޕިކާ އާއެކު ފިލްމެއް ކުޅެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އޭނާގެ އަގު ކުޑަކުރަން ނިންމާފަ އެވެ.

ސުޝާންތް އެ ފިލްމު ކުޅެދޭނެ އަގު ކުޑަކުރަން ނިންމީ ދިޕިކާ އާއެކު ކޮންމެ ގޮތެއް ހަދާފައި ވެސް ފިލްމެއް ކުޅުމުގެ ހުވަފެން ދެކެމުން އަންނަތާ ވަރަށް ދުވަސްވެފައި ވަނިކޮށް ލިބުނު ހަނި ފުރުސަތު ވެސް ދޫކޮށްލަން ބޭނުން ނުވާތީވެ އެވެ.

ހަބަރުތައް ބުނާގޮތުން ދިޕިކާ އާއެކު ކުޅެން ސުޝާންތަށް ހުށަހެޅުން ލިބުނު ފިލްމަކީ ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމޭކެވެ. އެ ފިލްމުގެ ލީޑް އެކްޓަރުގެ ރޯލު ސުޝާންތް ކުޅޭކަން ފިލްމު ޑައިރެކްޓްކުރާ މުކޭޝް ޗަބްރާ ވަނީ ޔަގީންކޮށްދީފަ އެވެ.

އަދި އެ ފިލްމުގެ ބަތަލާގެ ރޯލުން ކުޅޭނެ ތަރިޔަކު ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުކޭޝް ވަނީ ބުނެފަ އެވެ.

ސުޝާންތް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި "ކެދާރްނާތް" ގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އުއްތަރްކަންދްގައި ނިންމާލާފަ އެވެ. އަދި އޭނާ މިހާރު އަންނަނީ ޖެކުއަލީން ފާނެންޑޭޒް އާއެކު ކުޅޭ "ޑްރައިވް" ގެ ލަވައެއްގެ މަންޒަރު އިޒްރޭލުގައި ނަގަމުންނެވެ.

އަހަރަކަށް ފަހު ދިޕިކާގެ ދެން ރިލީޒްވާ ފިލްމަކީ "ޕަދްމާވަތީ" އެވެ.