ލައިފްސްޓައިލް

ދޮންކެޔޮ ތޮށީގައިވެސް ހުސް ފައިދާ

Oct 15, 2017

ދޮންކޭލަކީ އާންމުކޮށް އެންމެގެވެސް ފޭވަރީޓެކެވެ. ދޮންކެޔޮ ނުބައި މީހުން އިނގިލިން ގުނާލެވޭހާ މަދުވާނެ އެވެ. މާރުކޭޓަށް ހިނގައްޖެނަމަ ކޮންމެހެންވެސް ގަންނަން ޖެހޭ އެކައްޗަކީ ދޮން ކޭލެވެ. ސިއްހަތަށްވެސް ފައިދާހުރި މޭވާއަކަށް ވާތީ އާވެސް އެކުގަ އެވެ. ހެނދުނު ކުދިން ސްކޫލަށް ފޮނުވަނީ ދޮންކޭލާ އެކު ސައިދީފަ އެވެ. އެކުދިންގެ އިންޓަވަލް އަށްވެސް ދެނީ ދޮން ކޭލެވެ.

ދޮން ކޭލުގައި ހުރިހާ ފައިދާއެއް ހިމެނެނީ ހަމައެކަނި ދޮންކެޔޮ ވަކުގަ އެއް ނޫނެވެ. އޭގެ ތޮއްޓަކީވެސް ފައިދާއިން ފުރިފައި ހުންނަ މޭވާ އެކެވެ. ދުޅަ ހެޔޮ ސިއްހަތަކާއެކު ރީތި އޮމާން ހަންގަނޑެއް ބޭނުމިއްޔާ ދޮން ކޭލުގެ ތޮށި އުކާލުން ހުއްޓާލާށެވެ. މޫނުގައި ނަގާފައި ތިހުރި ބިހިތައް ފިލުވާލަން އެންމެ ފަސޭހަ އެއް ގޮތަކީ މި ތޮށިތައް ބޭނުން ކުރުމެވެ. އަދި ހަންގަނޑަށް ރޫ އެރުންވެސް މަދުކޮށްދޭނެ އެވެ. އެއީ އޭގައި ހުންނަ ވިޓަމިނާއި މިނަރަލުގެ ސަބަބުންނެވެ.

އެހެންވީމަ ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން މޫނުގައި ދޮންކެޔޮ ތޮށި އުނގުޅާށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫނުގައި ހުރި ބިހިތައް ނައްތާލާ ހަންގަނޑު ރީތިކޮށްލާނެ އެވެ.

ދަތްތައް ހުދު ކުރަންވެސް ދޮން ކެޔޮ ތޮއްޓަށްވުރެ ރަނގަޅު އެެހން ގުދުރަތީ ފަރުވާއެއް އޮންނާނެ ހެނެއް ހިއެއް ނުވެ އެވެ. އެއީ ފަސޭހަވެފައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށްދޭނެތީ އެވެ. ދަތް އުނގުޅުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ދަތްތަކުގައި ދޮންކެޔޮ ތޮށި އުނގުޅާށެވެ. އޭގެ ފަހުގައި ރީއްޗަށް ދަތްތައް އުނގުޅާލުމުން ހުދުވާނެ އެވެ.

ދޮންކެޔޮ ތޮއްޓަކީ ކެއުމަށްވެސް ބޭނުންކުރެވޭނެ އެއްޗެކެވެ. މިސާލަކަށް ކުކުޅު މޮއިސްޓު ކުރާއިރު ކުކުޅުތަކުގެ މައްޗަށް ދޮންކެޔޮ ތޮށި މޮއިސްޓުވާނެ ކަމަށްވެސްވެ އެވެ.

އަނެއްކާ ދޮންކެޔޮ ތޮއްޓަކީ ގަސް ކާނާއެއްވެސް މެ އެވެ. މި ހުރިހާ ފައިދާހުރި ބޭނުންތައް ފުއްދޭއިރު ދޮންކެޔޮ ތޮއްޓަށް ޑަސްބިނުން ޖާގަ ދިނުމަކީ އިންސާފަކަށްވެސް ނުވާނެ އެވެ. އޭގެ ބޭނުންވެސް ހެޔޮ ގޮތުގައި ހިފާށެވެ.