ހަބަރު

ވީއައިއޭ މަޝްރޫއަށް އަބޫދާބީ ފަންޑާއެކު ލޯނު އެއްބަސްވުމެއް

Oct 17, 2017
2

ރައީސް އަބްދުﷲ ޔާމީން ޔޫއޭއީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑާ ދެމެދު ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އިތުރު ތިން އެއްބަސްވުމެއްގައި ވެސް މިއަދު ސޮއި ކުރި އެވެ.

ދުބާއީގެ ރޫލާސް ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދުގައި މިއަދު ސޮއިކުރި މި އެއްބަސްވުންތަކުގައި ހިމެނެނީ "ދަ އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެންޑް ދަ ޕްރިވެންޝަން އޮފް ފިސްކަލް އިވޭޝަން ވިތް ރެސްޕެކްޓް ޓު ޓެކްސަސް އޮން އިންކަމް އެންޑް ކެޕިޓަލް" އާ، ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސޮއިކުރާ "މިއުޗުއަލް އެގްޒަމްޕްޝަން އޮފް ވިސާ ވެއިވާ އޮން ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ވިސާސް ފޯ ހޯލްޑާސް އޮފް ޑިޕްލޮމެޓިކް ޕާސްޕޯޓް" އާ ގުޅޭ އެއްބަސްވުމާއި، ރާއްޖެއާއި ޔޫއޭއީއާ ދެމެދު ކުރާ "ޕްރޮމޯޝަން އެންޑް ރެސިޕްރޮކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓް" އާ ގުޅޭ އެއްބަސްވުމެކެވެ.