ވިޔަފާރި

ސަން ލޭންޑުން ބެންކޮކް އެއާވޭސް ޓިކެޓު 425 ޑޮލަރަށް

ސަންލޭންޑް ޓްރެވަލްސް އިން ބެންކޮކް ދެކޮޅު ޓިކެޓު 425 ޑޮލަރަށް ވިއްކާ ފެއާއެއް ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ.

ބެންކޮކް އެއާވޭސްގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) ސަން ލޭންޑް ޓްރެވަލްސްއިން ބުނީ ބެންކޮކް އެއާވޭސްގައި ސީދާ މާލެއިން ބެންކޮކަށް ދަތުރުކުރާ ގޮތަށް ޓިކެޓު ވިއްކަނީ 425 ޑޮލަރު (ގާތްގަނޑަކަށް 6،553.5ރ.) އަށް ކަމަށެވެ.

ބެންކޮކް އެއާވޭސްގެ ހާއްސަ މި ފެއާގައި ޓިކެޓު ވިއްކަނީ މި މަހުގެ 22 އިން ނޮވެމްބަރު މަހުގެ ފަހެއްގެ ނިޔަލަށެވެ. އާއްމު ގޮތެއްގައި ބެންކޮކް އެއާވޭސްގެ ޓިކެޓުގެ އަގު އުޅެނީ 500 ޑޮލަރުން މަތީގަ އެވެ.

ބެންކޮކް އެއާ ވޭސް އިން މާލެ އަށް ކޮންމެ ދުވަހަކު ފްލައިޓް ބާއްވަ އެވެ.

ސަން ލޭންޑްއަކީ 2006 ވަނަ އަހަރުން ފެށިގެން ބެންކޮކް އެއާވޭސްގެ ޖީއެސްއޭގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދާ ކުންފުންޏެވެ. އެ ކުންފުނިން ދަނީ ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކަމުންނެވެ.