ލައިފްސްޓައިލް

މާބަނޑުވުމުން ކޮސްމެޓިކްސްއާ ދުރުވާން ޖެހޭ!

Oct 19, 2017

މާބަނޑުކަން އެނގުމާއެކު ކޮންމެ އަންހެނަކަށްވެސް ގާތުގައި އުޅޭ އެންމެންގެ ފަރާތުން ލިބޭ ނަސޭހަތަކީ ބައެއް ކަހަލަ ކާބޯތަކެއްޗާއި ދުރުވެ ވީހާވެސް ސިއްހަތަށް ފައިދާހުރި ކާނާ ހާއްސަކޮށް މޭވާ އާއި ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރު ކުުރާށެ އެވެ. ފުރަތަމަ ޓްރައިމެސްޓާގެ ތެރޭގައި ވީހާވެސް ބޮޑަށް އަރާމުކޮށް މާ ގިނައިން ހެލިފެލިވެ ނޫޅުމަށެވެ. ހާއްސަކޮށް މައިންބަފައިންނާއި އާއިލާގެ ފަރާތުންނެވެ.

އެހެން ނަމަވެސް ޒީނަތްތެރިވުމަށް ބޭނުންކުރާ ބައެއް ތަކެތިން ކުއްޖާއަށް ނުރައްކާވެދާނެ ވާހަކަ އަކީ މާ އާންމު ވާހަކައެއް ނޫނެވެ. ގިނަ މީހުންނަށް އޭގެ ހިލަމެއްވެސް ނުވެ އެވެ. ބައެއް ކަހަލަ ސެންޓާއި ލޯޝަން ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލަނީ ނުބައިވަސް ދުވަން ފެށުމުންނެވެ. އެހެން ނަމަވެސް ގައިނިކޮލިޖިސްޓުން ވިދާޅުވަނީ ފުރަތަމަ ޓްރައިމެސްޓާގެ ތެރޭގައި ވީހާވެސް ބޮޑަށް ކޮސްމެޓިކްސް އާ ދުރުވާން ޖެހޭނެ ކަމަށެވެ.

އެތަކެތީގައި ހުންނަ ބައެއް ކަހަލަ ކެމިކަލްތަކުގެ ސަބަބުން ބައިގެންދިއުމާއި، ދުވަސް ނުފުރާ ވިހެއުމާއި، އޯވޭރިއަން ކެންސަރު، ހޯމޯނަލް އިމްބެލެންސް، ކުއްޖާގެ ނާރުގެ ނިޒާމްގައި މައްސަލަ ޖެހުން އަދި ހަމުގެ އެލާޖީތައް ކުރިމަތިވާ ކަމަށެވެ.

އެހެން ކަމުން، ލިޕްސްޓިކާއި، ލިޕް ގްލޮސް، ލިޕް ބާމް، އައި ލައިނާ، މަސްކަރާ، ޑިއޮޑޮރެންޓް، ފައުންޑޭޝަން، ނެއިލް ޕޮލިޝް، ތެޔޮ، ހެއާ ރިމޫވަލް އަދި ޑައީ ކުރާއިރު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. އެތަކެތީގައި ހުންނަ ބައެއް މާއްދާތަކަކީ މައިމީހާ އަދި ދަރިފުޅަށްވެސް ގެއްލުންތަކެއް ކުރިމަތިކުރުވާ މާއްދާތަކެކެވެ.

އެތަކެތީގެ ތެރެއިންވެސް އެންމެ ނުރައްކާ ބޮޑީ މޫނުގައި ނުވަތަ ގައިގައި ނަގާ ބިހި ފިލުވުމަށް ބޭނުންކުރާ ކްރީމް އަދި ޖެލް ކަމަށްވެ އެވެ. އެ ކްރީމަކީ ބައިގެންދިއުން އަދި ކުއްޖާގެ ސިކުނޑި އެންމެ ފުރިހަމައަށް ނުއުފެދެ އެވެ.

މާބަނޑު ދުވަސްވަރު ބޭނުންކުރުން އެންމެ ރައްކާތެރި ނޫން ކެމިކަލްތަކުގެ ތެރޭގައި ޓްރައިކްލޯސަން އަދި ޓްރައިކްލޯކާބަން އަކީ ބައެއް ކަހަލަ ސައިބޯނި އުފައްދަން ބޭނުންކުރާ ކެމިކަލް އެކެވެ. ބެކްޓީރިއާ ނައްތާލަން ސައިބޯންޏާއި، ޝޭމްޕޫ އަދި ކޮންޑިޝަނާގައި ބޭނުންކޮށްފައި ހުންނަ ޕަރަބެން ކެމިކަލަކީވެސް ނުރައްކާތެރި ކެމިކަލެކެވެ. ފޯމަލްޑިހައިޑް، ފެތެލެޓްސް، އަދި އޮކްސީބެންޒީން އަކީވެސް މާބަނޑު ދުވަސްވަރު ދުރުވާޏް ޖެހޭ ކެމިކަލްގެ ބާވަތްތަކެކެވެ.