ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

މެޑަމް ފާތުން އައްޑުއަށް ވަޑައިގެންފި

Oct 19, 2017
2
މެޑަމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --
0%
0%
0%

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބްރާހިމް އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފި އެވެ.

މެޑަމް އައްޑޫ ސިޓީއަށް ވަޑައިގަތީ އެކަމަނާ ހިންގަވާ، "އެންމެ ގާތުން" ކެމްޕެއިނުގެ ދަށުންނެވެ. އެ ކެމްޕެއިނުގެ ދަށުން އެކަމަނާ ވަނީ މީގެ ކުރިން ވެސް ބައެއް އަތޮޅުތަކަށް ވަޑައިގެން، އެ ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ.

އައްޑޫ ސިޓީއަށް މިއަދު މެޑަމް ފާތުން ވަޑައިގަތުމުން ޕީޕީއެމްއަށް ސަޕޯޓްކުރާ އެ ސިޓީގެ ރައްޔިތުން ވަނީ އެކަމަނާއަށް މަރުހަބާ ދަންނަވާފަ އެވެ.

މެޑަމްގެ މި ދަތުރުފުޅުގައި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތައް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ދަތުރުފުޅުގައި މެޑަމް އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަންނަ ހޮނިހިރު ދުވަހު ހިތަދޫގައި ޖަލްސާއެއް ބާއްވާނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހައްވަ

ކުޅުދުއްފުއްޓަށް ނާންނާތި، ދެ އަހަރުން އަޅަންބުނި އެއާ ޕޯޓް ކޮބައިތޯ؟ އަހަރެން ވޯޓް ދިނީ ޔާނުއަކަށް ނޫން، އެއާޕޯޓަށް. ދެން ނުކުރާނަން މަސައްކަތް ފެށިއަސް އިތުބާރެއް، މުއުމިނަކަށް ދެފަހަރު ލަނޑެއް ނުދެވޭނެ.

ޖަވާދު

ތިމީހުން ތިއީ ޝުކުރުވެރިވާން ދަންނަ ބައެއް ނޫން. އެއްވެސް ކަމެއް ކޮށްދޭނެކަމެއްނެތް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345