އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މާޅޮސްއިން ދައްކަމުންއަންނަ މޮޅު ކުޅުން ތަކުރާރުކޮށް ށ.މިލަންދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހު މާޅޮސްއިން ވަނީ ގިނަ ބަޔަކު ސިއްސުވާލާފައެވެ. މާޅޮސް ޓީމު ލީގު ތާވަލުގެ ހަވަނަ މަގާމުގައި އައްޕޮއިންޓާއެކު އޮތްއިރު މިލަންދޫ އޮތީ ހަތްވަނަ މަގާމުގައި ފަސްޕޮއިންޓާއެކުއެވެ.
މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ މިލަންދޫއަށެވެ. ފޯވާޑް އިޝާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ނަމަވެސް މިލަންދޫއިން މިހަމަލާ އުފެއްދުމަށްފަހު އެޓީމުގެ ކުޅުންތެރިންނަށް ފަހަތަށް ނުޖެހިވިގެން އުޅެނިކޮށް މާޅޮސްއިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. މިލަންދޫ އޭރިއާގެ ކަނާތުފަޅިން ދެކުޅުންތެރިން ކަޓުވާލުމަށްފަހު އެތެރެއަށް ވަނުމަށްފަހު އޭންހެލް މުނޯޒް ވަނީ ބޯޅަ ގޯލްގެ މަތީ ކަނަށް ފޮނުވާލާފައެވެ. މިލަނޑު މާޅޮސްއިން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ މިނިޓުގެ ތެރޭގައެވެ.
މިލަންދޫއިން ގޯލެއް ކާމިޔާބުކުރި ނަމަވެސް މާޅޮސް ކުޅުންތެރިންގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. 35 ވަނަ މިނިޓުގައި މިލަންދޫގެ އޭރިޔާގެ ކަނާތުފަޅީ ރޮންގު މަތިން ލިބުނު ހިލޭޖެހުމެއް އޭންހަލް މުނޯޒަ ވަނީ މިލަންދޫ ގޯލްގެ މަތީ ކަނަށް އޮޅާލާފައެވެ. މިހިތްގައިމު ހިލޭ ޖެހުމާއެކު އޭންހަލް ވަނީ އޭނާގެ ހެޓްރިކްވެސް ކާމިޔާބުކޮށްފައެވެ.
މެޗުގެ 20 ވަނަ މިނިޓުގައި މާޅޮސްއިން އެޓީމުގެ ލީޑު އިތުރަށް ފުޅާކުރިއެވެ. އާރިފްއަށް ފަހަތުންކުޅުނު ބޮޑު ބޯޅައެއް އޭރިޔާ ތެރެއަށް ހިފައިގެންވަދެ ދެކުޅުންތެރިން ކާރިން ނައްޓާލުމަށްފަހު އާރިފް ގޯލްގެ ކާރި ކަނަށް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށްވަނީ ކީޕަރު ކުޑަ އިންމަ އަތުގައި ޖެހިފައެވެ.
މާޅޮސްގެ ތިންވަނަ ގޯލަށްފަހު މިލަންދޫގެ ކުޅުންތެރިޔަކު 33 ވަނަ މިނިޓުގައި ފޮނުވާލި ހިލޭޖެހުމެއް މާޅޮސް ކީޕަރު ޒަމީރު ހިފަން އުޅުމުގެ ތެރޭގައި ވެއްޓުނު ބޯޅަ އިބްރާހިމް ސައީދު ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.
މިލަންދޫއިން ގޯލެއް ކާމިޔާބުކުރި ނަމަވެސް މާޅޮސް ކުޅުންތެރިންގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. 35 ވަނަ މިނިޓުގައި މިލަންދޫގެ އޭރިޔާގެ ކަނާތުފަޅީ ރޮންގު މަތިން ލިބުނު ހިލޭޖެހުމެއް އޭންހަލް މުނޯޒަ ވަނީ މިލަންދޫ ގޯލްގެ މަތީ ކަނަށް އޮޅާލާފައެވެ. މިހިތްގައިމު ހިލޭ ޖެހުމާއެކު އޭންހަލް ވަނީ އޭނާގެ ހެޓްރިކްވެސް ކާމިޔާބުކޮށްފައެވެ.
މެޗުގެ ފަހު ގޯލް ފެނިގެންދިޔައީ ދެވަނަ ހާފްގެ 52 ވަނަ މިނިޓުގައި މާޅޮސްގެ އަލީ ވަސީމް ކާމިޔާބުކުރި ގޯލާއެކުއެވެ. މިގޯލާއެކު ނަތީޖާ 5-1 ބަދަލުވިއެވެ.