ދުނިޔެ

ޑަބްލިއުްއެޗްއޯއިން މުގާބޭއަށް ޝަރަފުވެރި މަގާމެއް ދީފި

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭއަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރާ ގުޑްވިލް އެމްބެސެޑަރެއް ކަަމަށް ކަނޑައަޅައިފިއެވެ.

މުގާމާބޭއަށް ރަމްޒީ އެ މަގާމު ދެއްވުމަށް ފަހު ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އެދެނޮމް ވަނީ އާއްމު ސިއްހަަތަށް ޒިމްބާބްވޭ ސަރުކާރުން ކުރާ މަސައްކަަތަށް ތައުރީފުވެސް ކުރައްވާފައެވެ.

މުގާމޭއަކީ ހުޅަނގުގެ ގައުމުތަކުން ވަރަށް ނުބައި ވެރިއެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ބޭފުޅަކަށް ވާތީ ޓެޑްރޯސްއަށް އެ ނިންމެވުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތިވެވަޑައިގަންނަަވާނެ ކަަމަށް ވަނީ ބެލެވިފައެވެ. ޓެޑްރޯސް އަކީ ޑަބްލިއުއެޗްއޯގެ ވެރިއަކަށް ވެވަޑައިގެންނެވި އެފްރިކާގެ ގައުމަކަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއެވެ. އޭނާއަކީ އިތިއޯޕިއާ ބޭފުޅެކެވެ.

އޭނާ މަގާމަށް އިންތިހާބުވީ އެމަގާމުގައި 10 އަހަރު ހޭދަކުރައްވާފައިވާ މާގަރެެޓް ޗޭން އިސްތިއުފާދެއްވުމުންނެވެ.

.

ހުޅަނގުގެ މަދަދު ލިބޭ، މުގާބޭއާ ދެކޮޅު ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާ ވެރިކަމުގައި ހުންނަވައިގެން މިވީ 39 އަހަރުގެ ތެރޭގައި ޒިމްބާބްވޭގެ ސިއްހީ ނިޒާމު ވަނީ ބޮއްސުންލާފައެވެ. އުމުރުފުޅުން މިހާރު 93 އަހަރުވެފައިވާ މުގާބޭއަށް މަގާމު ދެއްވުމުން ޑަބްލިއުއެޗްއޯއަށް އެހީތެރިވާ އަދި އެ ޖަމާއަތުގެ މެމްބަރު ބައެއް ގައުމުތަކުން ނުރުހޭނެ ކަަމަށް ވަނީ ބެެލެވިފައެވެ. --- ބީބީސީ