ދުނިޔެ

ސައޫދީ އަރަބިއްޔާގެ ބައެއް ސިޓީތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

0%
0%
0%

ސައުދީ އަރަބިއްޔާގެ ބައެއް ސިޓީތަކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި އާދަޔާ ޚިޅާފަށް ފެންބޮޑުވެއްޖެ އެވެ. މޫސުން ރަނގަޅުވާން އަދި އެތައް ދުވަހެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

އުމްރާވެރިންނާއި ދަތުރުވެރިން ސައޫދީގެ ސިޓީތަކަށް ދަތުރުކުރުމުގައި ކުރިއާލައި މޫސުމީ އިރުޝާދުތައް ލިބިގައުމަށް ނެޝަނަލް ސެންޓާ ފޮ މީޓިއޮރޮލޮޖީން އޮތީ އިލްތިމާސްކޮށްފަ އެވެ.

މައްކާ އާއި މަދީނާއަށް ރަތް ސަމާލު ނެރެފައި ވާތީ، މި ދެ ސިޓީއަށް ގޮސް އައިސްވާ މީހުން ވަކިން ސަމާލުވުަމަށް ވެސް އޮތީ އިންޒާރު ނެރެފަ އެވެ.

އުމްރާވެރިން ބުނާ ގޮތުން މައްކާއަށް ވަރަށް ބޯކޮށް ވާރޭވެހި މަގުތައް އޮތީ ދިޔަބޮޑުވެފަ އެވެ. އެއްގަމު އުޅަނދުފަހަރު ފެންގަނޑު ތެރޭގައި އޮޔާ ގެންދާތަން ފެންނަ ކަމަށްވެސް ދަތުރުވެރިން ބުނެ އެވެ.

ބޯކޮށް ވާރޭވެރި ފެން ބޮޑުވެދާނެ ކަމަށް ސަލާމަތީ އޮފިޝަލުން -- ރެޑް ކްރެސެންޓް ވެސް ހިމެނޭ ގޮތުން ތައްޔާރަށް ތިބި ކަމަށް ރެސްކިޔޫ އިދާރާތަކުން ބުނެ އެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުނާ ގޮތުން، މޫސުން ބަލާފައި ނޫނީ ދަތުރަށް ނުނިކުތުމަށް އާންމުނަށް ދީފައި އޮތް އިރުޝާދު ދެމެހެއްޓުމަށް ފަރުދީ ޒިންމާ އަދާކުރަން ދައުލަތުން ވަނީ ގޮވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910