ދުނިޔެ

ޣައްޒާއިން މީހުން ބޭރުކުރަން ދައްކާ އެއްވެސް ބަހަނާއެއް ގަބޫލެއް ނުކުރާނަށް: ސައުދީ

ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން -- ޣައްޒާއިން މީހުން ބޭރުކުރަން ދައްކާ އެއްވެސް ބަހަނާއެއް ގަބޫލެއް ނުކުރައްވާނެ ކަމަށް ވިދާޅުވި
0%
0%
0%

ޣައްޒާއިން އާންމު ރައްޔިތުން -- އިޚުތިޔާރުގައި އަދި އިޚުތިޔާރާ ނުލައި، ނަމަވެސް ބޭރުކުރުމަށް އެކުލަވާލާ އެއްވެސް ލިޔުމަކަށް ސައޫދީ އަރަބިއްޔާ ތާއީދުނުކުރާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ރިސޯޓް ސިޓީ، އަންތާލިޔާގައި މިހާރު ހިނގަމުންދާ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ވާހަކަދައްކަވަމުން ފައިސަލް ބިން ވަރުހާން ވިދާޅުވީ، ޣައްޒާއިން މީހުން ބޭރުކުރުމަކީ މަޝްވަރާކުރެވިގެން ވާނެ މައުލޫއެއް ވެސް ނޫން ކަމަށާއި އެ ކަމަށް ދައްކާނެ ބަހަނާއެއް ވެސް އޮވެގެން ނުވާނެ ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ގެދޮރުން ބޭރުކުރުމަށް ހިންގާ އެއްވެސް ޝިއާރަކަށް ތާއީދުނުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އަދި އެއީ ވަކި ބަޔަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ދަރަޖަކުރެވޭ އާންމު ގޮވާލުމަކަށް ވެގެން ނުވާނެ ކަމަށްވެސް ސައޫދީގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އަމިއްލަ އިޚުތިޔާރުގައި ޣައްޒާއިން ފައިބަން އެދޭ މީހުންނަށް އުމުރަށް ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް ބުނެ ހިންގާ ޝިއާރުތައް އިންތިހާއަށް ކުށްވެރިކުރައްވާ ކަމަށް ފައިސަލް ބިން ފަރުހާން ވިދާޅުވި އެވެ.

ޣައްޒާގެ ރައްޔިތުން މިހާރު ތިބީ ވަރަށް ނިކަމެތި ހާލަތުގައި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އެ ހާލަތުގައި ދުޅަހެޔޮ ވިސްނުމެއް އަދި ފިކުރެއްވެސް ނުހުންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ހާލަތުގައި ނާޖާއިޒު ފައިދާ ނަގައި، އެ މީޙުން ރަށުން ބޭރުކުރަން ހިންގާ ހަރަކާތްތަކަށް ހުރަސްއަޅުއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ސައޫދީ އަދި އެކުވެރި ދައުލަތްތަކުން ޣައްޒާއަށް ފޮނުވާ އިންސާނީ އެހީތެރި ކަމަށް އެއްވެސް ބަޔަކު ހުރަސްއަޅައިގެން ނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އެ ބަޔަކާ ދެކޮޅަށް ޑިޕްލޮމެޓިކް ބާރު ބޭނުންކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 50،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި ހަމަލާތަކުގައި ވަޅުލެވި، ގެއްލިފައި ތިބި މީހުންގެ އަދަދު ރަސްމީ އިދާރާތަކަށް ވެސް އަދި ކަށަވަރުނުކުރެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910