ދުނިޔެ

ސައޫދީއަށް ބޯކޮށް ވާރޭވެހި ޖިއްދާގައި ފެންބޮޑުވެއްޖެ

ސައުދީ އަރަބިއްޔާގެ ހުޅަނގު އަވަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުގެ ސަބަބުން ދެމީހަކު ވަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ. ފެންބޮޑުވި އަވަށްތަކުގައި ތެރޭގައި ޖިއްދާ ވެސް ހިމެނެ އެވެ.

މޫސުމަށް އައި ކުއްލި ބަދަލާ އެކު ދަތުރުފަތުރަށް ހުރަސްއެޅި އެއާޕޯޓުތަކުގެ މަސައްކަތްތަކަށް ހުއްޓުން އަރާފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. އަދި ސްކޫލްތަކާއި ޔުނިވާސިޓީތައް ވެސް މި ވަގުތަށް ވަނީ ބަންދުކުރަން ޖެހިފަ އެވެ.

ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއާޕޯޓްގެ ދަތުރުތައް ވެސް ލަސްކުރަން ޖެހިފައި އޮތް ކަމަށް އެއާޕޯޓް މުވަޒަފުން ބުނެ އެވެ.

ސިޓީ ކައުންސިލްތަކުން އާންމުގެ ސަމާލުކަށް ބަޔާންތައް ނެރެ ކޮންމެހެން ހާޖަތެއް ނެތް ނަމަ ގެއިން ބޭރަށް ނުނުކުތުމަށް އޮތީ ގޮވާލައި އަންގާފަ އެވެ.

އޮފިޝަލުން ބުނާ ގޮތުން މައްކާއަށް ދަތުރުކުރަން އޮންނަ މަގުތަށް މި ވަގުތަށް ބަންދުކޮށްފައި އޮތުމުން ގެފުޅަށް ގޮސް އައިސްވާން ބޭނުންވާ އެތައް ބަޔަކަށް ވަނީ ހުރައެޅިފަ އެވެ.

އެހެން ނަމަވެސް ސައޫދީ ޚަބަރުތައް ބުނާ ގޮތުން ދަތުރުފަތުރަށް ކިރިޔާވެސް ވަގުތުކޮޅެއް ލިބޭއިރަށް މަގުތަށް ހުޅުވައި ވެހިކަލްތަކަށް ފުރުސަތު ދިނުމަށް އިންތިޒާމު އޮތީ ހަމަޖައްސާފަ އެވެ.

ސައޫދިއަށް ވާރޭވެހޭ މަންޒަރު ޓީވީތަކުން ވަނީ ދުރައް ދައްކާފަ އެވެ. ބޯކޮށް އޮހެމުންދާ ވާރޭއާ ހެދި މިސްކިތްތަކުގެ ގުއްބުތައް ވެސް ފަރުދަކުރެވި ކެމެރާ ލެންސަށް އަރާވަރު ވަނީ ނުވެފަ އެވެ.

ޖިއްދާގެ އާންމު ހާލަތަށް ބަލާއިރު ބައެއް މަގުތަކުގައި ކަކޫތާފެނަށް އޮތި ފެންބޮޑުވެފަ އެވެ. ވެހިކަލްތައް ވެސް ފެންނަނީ ކޯރެއްގައި ދުއްވާފައިދާ މަންޒަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮންމެ އަހަރެއްގައި ވެސް މި ދުވަސްވަރު ސައޫދީއަށް މޫސުމީ އަސަރުތައް ވަރަށް ބޮޑަށް ކުރެ އެވެ. އަދި އަވަށްތަކަށް އެކިވަރުގެ ގެއްލުން ލިބި ފުރާނެ ގެއްލޭ ފަހަރު ވެސް ވަނީ ތަޖުރިބާކުރަން ޖެހިފަ އެވެ..

ސައޫދީގެ އަަވަށްތަކުގައި 2009 ގައި ފެންބޮޑުވުމާ ގުޅިގެން 123 މީހަކު ވަނީ މަރުވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ފާއިތުވި ދެތިން އަހަރުގައި ވެސް ބޮޑެތި ގެއްލުން ސައޫދީއަށް ލިބުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.