ވިޔަފާރި

ކޮންޑެ ނާސްޓް ޓްރެވެލާގެ އެވޯޑެއް ރީތި ރަށަށް

ކޮންޑެ ނާސްޓް ޓްރެވެލާ މަޖައްލާއިން ދިން، ދުނިޔޭގެ އެންމެ ފުރިހަމަ ރިސޯޓުގެ އެވޯޑު، ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށް ލިބިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ، މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓު ހިމެނިފައިވަނީ "ކޮންޑެނާސްޓް ޓްރެވެލާގެ ޓްރެވަލާސް ރީޑާސް ޗޮއިސް 2017" އެވޯޑުގަ އެވެ.

ކޮންޑެނާސްޓް ޓްރެވެލާގެ ޓްރެވަލާސް ރީޑާސް ޗޮއިސް އެވޯޑު ދެނީ މި މަޖައްލާގެ ކިޔުންތެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ހިތްގައިމު ރީތި އެއް ރިސޯޓެވެ. އަދި ދުނިޔޭގެ މަޝްހޫރު ގިނަ އަދަދެއްގެ ތަރިން އަބަދު ވެސް މި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރެ އެވެ.

ވަން އެންޑް އޮންލީ ރީތި ރަށަކީ 122 ވިލާ ހުންނަ އެންމެ މަތީ ފެންވަރުގެ ހިދުމަތްދޭ ރިސޯޓެވެ. މި ރިސޯޓުގައި ތަފާތު މީރު ކެއުންތައް ހިމެނޭ ރެސްޓޯރެންޓްތައް ވެސް ހުރެ އެވެ.

ކޮންޑެ ނާސްޓް އިން ދޭ އެވޯޑަކީ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް އެވޯޑެވެ. މި މަޖައްލާ ކިޔުންތެރިންގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ.