ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑަށް ބޮޑު ތަރުހީބެއް

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާއިން ދޭ، "މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް" ގެ މި އަހަރުގެ އެވޯޑަށް، ކުރިމަތިލި ފަރާތްތައް ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.

މަޓާޓޯ އިން ބުނީ އެ ޖަމިއްޔާ އިން ދޭ މަޓާޓޯ ޕީޕަލްސް އެޑިޝަނާއި ގެސްޓްހައުސް އެޑިޝަންގެ އިތުރުން ގާލާ އެޑިޝަންއަށް މިދިޔަ އަހަރު ޖުމުލަ 403 ފަރާތެއް ނޮމިނޭޓްވެފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ގަލާ އެޑިޝަންގެ ވޯޓުލުން ހުޅުވާލާފަ އެވެ. ވޯޓުލާން ހުޅުވާލާފައިވާ "ގެސްޓްހައުސް އެޑިޝަން އާއި ގާލާ އެޑިޝަންއަށް" 353 ފަރާތެއް ނޮމިނޭޓް ވެފައިވެ އެވެ. މި ދެ އެޑިޝަން އަށް ވޯޓު ލާ ފަރާތްތަކުން މަޓާޓޯގެ ވެބްސައިޓް http://travelawards.mv/awards އިން ވޯޓު ދެވޭނެ އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ އިވެންޓް އޮތީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި ގެސްޓްހައުސް އެޑިޝަން އޮތީ މިމަހުގެ 30 ވަނަ ދުވަހު އެވެ.