ލައިފްސްޓައިލް

ދާ ހިއްލުމުން ލޭ އަންނަ ކުއްޖެއް!

Oct 24, 2017

މީހަކު ދާހިއްލަން ފެށުމުން ގައިން ފެން އައުމުގެ ބަދަލުގައި ލޭ އަންނަ ވާހަކަ ބުނީމަ ގަބޫލު ނުކުރެވިދާނެ އެވެ. އެހެން ނަމަވެސް އިޓަލީއަށް ނިސްބަތްވާ އުމުުރުން 21 އަހަރުގެ އަންހެން ކުއްޖަކަށް މިވަނީ އެ ބަލި ޖެހިފަ އެވެ. ދާހިއްލަން ފެށުމުން އޭނާގެ ގައިން ފައިބަނީ ލެޔެވެ. އާންމުކޮށް އަތުންނާއި މޫނުންނެވެ.

އޭނާގެ އެ ބައްޔަށް ކުރާނެ އެންމެ އެކަށީގެންވާ ފަރުވާއެއް މިހާތަނަށް ޑޮކްޓަރުންނަށް ވަނީ ނުހޯދި އެވެ. ޑޮކްޓަރުން ބުނަނީ އެ އަންހެން ކުއްޖާގެ ހަމުގައި ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެ ކުއްޖާއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި ކުއްޖެއް ކަމަށެވެ. އެހެން ނަަމަވެސް ޑޮކްޓަރުން ވަނީ ޕްރޯޕްރާނޮލޮލް ކިޔާ ފަރުވާއެއް ދީފަ އެވެ. އެއިން ލޭ ފޭބުން ނުހުއްޓުވުނު ނަމަވެސް ލޭ ފޭބުން މަދުކޮށްދެ އެވެ.

ދާހިއްލުމުން އެ ކުއްޖާގެ ގައިން ލޭ ފައިބަން މެދުވެރިވާ ސަބަބެއް ނުހޯދުނު ނަމަވެސް އޭނާ ނިދާފައި އޮންނައިރު ނުވަތަ ހަރަކާތްތެރިވެ އުޅޭއިރު ގައިން ލޭ ފައިބަ އެވެ. މާބޮޑަށް ސްޓްރެސްވެގެން ދާހިއްލާނަމަ ފަސް ވަރަކަށް މިނެޓު ވަންދެން އެކުއްޖާގެ ގައިން ލޭ ފައިބާ ކަމަށްވެ އެވެ. ދަލުގެ ގޮތުގަ އެވެ.

ދާހިއްލަން ފެށުމުން އެ ކުއްޖާގެ ގައިން ލޭ ފައިބަން ފެށީ މީގެ ތިން ވަރަކަށް އަހަރު ކުރިންނެވެ. އެކަމުގެ ސަބަބުން ބޭރު ތެރެއަށް ނުކުމެ ނޫޅޭ ކަމަށް އެކުއްޖާ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ.

އެތައް ޓެސްޓުތަކެއް ހެދުމަށްފަހު އެ ބައްޔާއި ބެހޭގޮތުން ޑޮކްޓަރުން ބުނެފައިވަނީ އެ ބައްޔަކީ ވަރަށް ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށެވެ. އަދި އެ ބަލީގައި ގައިން ލޭ ފޭބި ނަމަވެސް ހަންގަނޑު ފޫ ދިއުން ކަހަލަ ކަމެއް މެދުވެރިނުވާނެ ކަމަށެވެ. އަދި އެ ބަލި ޖެހޭނެ ކަމަށް ލަފާކުރަނީ ކޮންމެ 10،000 މީހަކުން އެކަކަށެވެ.