ރައީސް އަބްދުﷲ ޔާމީން

ރައީސް ރ. އަތޮޅަށް ވަޑައިގެންފި

Oct 24, 2017
2

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރ. އަތޮޅަށްކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު މަޑުއްވަރީއަށް ވަޑައިގެން، މަޑުއްވަރީ ނަރުދަމާގެ ޚިދުމަތް ފަށްޓަވާދެއްވުމާއި، ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކޮށް ދެއްވާނެ ކަމަށެވެ.

ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސް އެ އަތޮޅު ފައިނަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވާނެ އެވެ. އަދި މިއަދު ހަވީރު މީދޫއަށް ވަޑައިގެން އެރަށުގެ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މީދޫގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ފެށްޓެވުމަށްފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ.