އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދ.ކުޑަހުވަދޫއާއި ދެކޮޅަށް ޓީސީއިން ނިކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓީމު ރޫހާއި ކުޅުންތެރިން ކުރަމުންއަންނަ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށާއި ލީގުގައި ކޮންމެ ޕޮއިންޓަކީވެސް މުހިންމު ޕޮއިންޓެއް ކަމަށާއި އަދި މެޗުގެ ކުރީ ކޮޅު ލަނޑެއް ޖެހިއްޖެނަމަ ފަސޭހަވެގެންދާނެކަމަށެވެ.
މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނިޒާންބެ ބުނީ ލީގުގައި ކޮންމެ ޓީމަކާއި ދެކޮޅަށްވެސް ޕޮއިންޓު މުހިންމުވާނެކަމަށާއި އަދި ގިނަ ޓީމުތަށް ދެވަނަ ބުރުގައި ރަނގަޅުކޮށްފައިވާކަމަށެވެ. މިމެޗު ފަސޭހަ ނުވާނެކަން ކުޅުންތެރިންށް ވިސްނަދީފައިވާކަމަށާއި އަދި މިފަދަ މެޗެއް ކުޅުންތެރިން ފަސޭހަކޮށްލާނެކަމަށް ނުވިސްނާކަމަށެވެ. ޓީސީއާއި ދެކޮޅަށް ކުޑަހުވަދޫ ނިކުންނާނީ ޑިފެންސިވް ގޭމެއް ކުޅެންކަމަށް ބެލެވޭކަމަށްވެސް ނިޒިމާންބެ ބުންޏެވެ.
ޓީސީގެ ތަފާތަކީ ވަކި ކުޅުންތެރިއަކަށް ބަރޯސާނުވެ ހުރިހާ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް ކަމަށް ނިޒާމްބެ ބުންޏެވެ. "ކުޅުންތެރިން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރޭ ޓީސީގައި އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ 11 އިން ޖާހައެއް ޔަގީނެއް ނުވޭ ކުޅުންތެރިންގެ ތެރޭގައި އޮންނަ ވާދަވެރިކަން އެއީ ކުރިއަރަން ލިބޭ ފުރުސަތެއް. އެއީ ކަންނޭގެ
އެންމެ ބޮޑުސިއްރަކީ އަސްލު ކްރެޑިޓް ދޭންބޭނުމީ ކުޅުންތެރިންނަށް" ނިޒާމްބެ ބުންޏެވެ.
ޓީސީގައި މާބޮޑު ޕްރެޝަރެއް އޭނާއާއި ކުރިމަތި ނުވާކަމަށާއި ހުރިހާ އެންމެންގެ އިތުބާރާއެކު ވަރަށް ހިތްހަމަޖެހޭކަމަށް ނިޒާމްބެވަނީ ބުނެފައެވެ. "އުނދަގޫ ދަނޑިވަޅުތަކުގައިވެސް ކުޅުންތެރިންނާއި މެނޭޖްމަންޓުން އިތުބާރު ކުރޭ ދެން މެނޭޖްމަންޓުން ވެސް ގަބޫލުކުރޭ މި ލެވެލްގެ ފުޓްބޯޅައަށް ކުޅުންތެރިން އާކަން ދަސްކުރަން ޖެހޭ އެއްޗެހި އެބަހުރިކަން އެކަމަކު މިހާތަނަށް މި ކްލަބްގެ މެނޭޖްމަންޓުގެ ޓާގެޓް އަބަދުވެސް ހުންނާނީ އޯވަ އެޗީވްކޮށްފައި އެހެންވެ އަދި ނެތް ޕްރެޝަރެއް" ނިޒާމްބެ ބުންޏެވެ.
ނުވަ މެޗުން 22 ޕޮއިންޓް ހޯދާފައިވާ ޓީސީއިން ލީގުގެ ފުލުގައިއޮތް ކުޑަހުވަދޫއާއި ދެކޮޅަށް ނިކުމެ ތިން ޕޮއިންޓް ހޯދައި ނިއުއަށް އިތުރަށް ޕްރެޝަރު ބޮޑު ކުރެވޭނެއެވެ. އަނެއްކޮޅުން ކުޑަހުވަދޫއިން ވަނީ އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި ގދ. ތިންދޫ ހިފަހައްޓައި އެޓީމަށް ގަދަ ހަތަރަކަށް އެރުމަށް ލިބިފައިއޮތް ރަނުގެ ފުރުސަތައް ހުރަސްއަޅާފައެވެ.