ކުޅިވަރު

ފަސޭހަ މޮޅަކާއެކު ޓީސީ އެއްވަނައަށް

Oct 26, 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ދ.ކުޑަހުވަދޫ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ޓީސީއިން ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. ދިހަ މެޗުން ޓީސީއަށް 25 ޕޮއިންޓް ލިބިފައިވާއިރު ދ.ކުޑަހުވަދޫއަށް ހަމަ އެއަދަދަށް މެޗު ކުޅެގެން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މާޒިޔާއާއި ޓީސީ ކުޅުނު މެޗުގައި ބެންޗުން ސްޓާޓުކުރި ސްޓްވާޓް ކޮނަލިއަސް ވަނީ މިރޭގެ މެޗުގައި ފުރަތަމަ އެގާރައިން ޖާގަހޯދާފައެވެ. ކުޑަހަދޫ މެޗަށް ނިކުތް އިރު ފޯވާޑް ޖިބޯލާ ހުރީ ސަސްޕެންޝަނުގައެވެ. ލީގު ސެޑިއުލްއަށް ގެނައި ބަދަލުތަކާއެކު ރަށުގައި ޕްރެކްޓިސް ކުރަމުން އަންނަ ކުޑަހުދޫގެ ޓީމަށް ދަތިތަކާ ކުރިމަތި ވާނެކަމަށް އެޓީމުގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ވަނީ ބުނެފައެވެ. މިރޭގެ މެޗުގައި ކުޑަހުވަދޫ ބެންޗުގައި ތިބީ ހަތަރު ކުޅުންތެރިންނެވެ.

67 އަދި 68 ވަނަ މިނިޓުގައި ޓީސީގެ ހަސަން ނާއިޒް (ދާދު)، މުހައްމަދު ސާމިރު އަދި އިބްރާހިމް މަހުދީގެ ބަދަލުގައި އަލީ ނަސޫހް، ނަޝާހް އަހްމަދު އަދި އަހްމަދު ސުހެއިލް އެރުވިއެވެ. މިބަދަލުތަކާއެކު ޓީސީގެ އެޓޭކުތަށް ފެނިގެންދިޔައީ ވަރަށް އާދައިގެކޮށެވެ. އަދި ކުޑަހުވދަދޫ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ނަތީޖާ އެއްގެގޮތުން މެޗުގެ ފަހު 25 ވަރަކަށް މިނިޓު ފެނިގެންދިޔައީ ވަރަށް ލަސްކުޅުމެކެވެ.

ޓީސީއިން ލީޑު އިތުރަށް ފުޅާ ކުރީ ހަސަން ނާއިޒް (ދާދު) ކާމިޔާބުކުރި ލަނޑަކާއެކު އެވެ. އިބްރާހިމް މަހުދީ ކުޅުނު ބޯޅަ ހުސްކޮށް ހިފައިގެން ކުޑަހުވަދޫގެ އޭރިޔާ ތެރެއަށް ވަނުމަށްފަހު ދާދު ވަނީ ބޯޅަ ގޯލްގެ މަތީ ދާގަނޑުގެ މެދަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ 0-2 ބަދަލުކޮށްލާފަ އެވެ.

ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް ޓީސީއިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަހެއް ސްޓްވާޓް ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފްގައި ޓީސީއަށް އިތުރު ލަނޑުތަކެއް ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައެވެ. ޓީސީއާއި ހިލާފަށް ދ.ކުޑަހުވަދޫ ޓީމަށް ޓީސީގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އަދި ޑިފެންސްގައި ކުޑަހުވަދޫގެ ޑިފެނސްލައިން ފެނިގެންދިޔައީ ވަރަށް އާދައިގެކޮށެވެ. ނަމަވެސް އެޓީމުގެ ކީޕަރު އަބްދުﷲ ޔަޒީދު ވަނީ މޮޅު ސޭވްތަކެއްކޮށްފަ އެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފަށައި ކުޑަހުވަދޫގެ ގޯލަށް ޓީސީގެ ކުޅުންތެރިން ނުރައްކާ ކުރަން ފެށިއެވެ. ހުއްޓުމެއް ނެތި ޓީސީއިން ކުޑަހުވަދޫގެ ގޯލަށް ފޮނުވާލަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ 61 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޓީސީއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 0-4 ބަދަލުކޮށްލުމެވެ.

ކުޑަހުވަދޫ ޑިފެންޑަރެއގެ ބޯމަތިން ވެއްޓުނު ބޯޅަ އިއްބެ ގޯލާ ދިމާލަށް ފޮނުވާލިއެވެ. ތިރިތިރިން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށްވަނީ ކުޑަހުވަދޫ ކީޕަރު ޔަޒީދުގެ އަތްދަށުންނެވެ.

67 އަދި 68 ވަނަ މިނިޓުގައި ޓީސީގެ ހަސަން ނާއިޒް (ދާދު)، މުހައްމަދު ސާމިރު އަދި އިބްރާހިމް މަހުދީގެ ބަދަލުގައި އަލީ ނަސޫހް، ނަޝާހް އަހްމަދު އަދި އަހްމަދު ސުހެއިލް އެރުވިއެވެ. މިބަދަލުތަކާއެކު ޓީސީގެ އެޓޭކުތަށް ފެނިގެންދިޔައީ ވަރަށް އާދައިގެކޮށެވެ. އަދި ކުޑަހުވދަދޫ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ނަތީޖާ އެއްގެގޮތުން މެޗުގެ ފަހު 25 ވަރަކަށް މިނިޓު ފެނިގެންދިޔައީ ވަރަށް ލަސްކުޅުމެކެވެ.

25 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޓީސީ ޖެހިލާފައިވާއިރު ދެވަނަ މަގާމުގައި އެއްމެޗު މަދުކޮށް ކުޅެގެން އޮތީ ނިއު ރޭޑިއަންޓެވެ. އެޓީމަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. މާދަމާރޭ ނިއުއާއި މާޅޮސް ބައްދަލުކުރާ މެޗުން ނިއު މޮޅުވެއްޖެނަމަ އެޓީމަށް އަލުން އެއްވަނަ މަގާމު ލިބޭނެ އެވެ.