ކުޅިވަރު

ނިއުއާ ދެކޮޅަށް އަމިއްލަ ޗެލެންޖެއް އޮވޭ: ސުޒޭން

ނިއު ރޭޑިއަންޓާ ދެކޮޅަށް، އޭނާ ނިކުންނަ ކޮންމެ މެޗެއްގައިވެސް، އޭނާ ނިކުންނަނީ އަމިއްލަ ޗެލެންޖެއް އޮވެގެން ކަމަށް، ގދ. ތިނަދޫ ޓީމްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި، ސުޒޭންގެ ތިނަދޫ މިރޭ ނިކުންނާނީ، ނިއު އާ ދެކޮޅަށެވެ. މީގެ ކުރިން ނަމަ، ސުޒޭން އަބަދުވެސް ނިއު އާ ކުރިމަތި ލަނީ އެ ޓީމާ ވާދަ ކުރެވޭފަދަ ޓީމަކާ އެކު އެވެ. ނުވަތަ މީގެ ކުރިން ސުޒޭން ނިކުންނަނީ އޭރެއްގައި ނިއު އާ އެންމެ ވާދަވެރިކޮށް އޮތް ޓީމު ގޮވައިގެން ނެވެ. ނަމަވެސް މިފަހަރު އެ ހާލަތު ތަފާތެވެ. ނިއު ލީގް ޗެމްޕިއަން ކަމަށް ވާދަ ކުރާއިރު، ސުޒޭންގެ ޓީމު ލީގާ ކުރިމަތިލީވެސް ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ އަމާޒުގަ އެވެ. ދެ ވަނަ ބުރުން ފެށިގެން އެ ޓީމުގެ އެ އަޒުމު ހާސިލު ކޮށްދޭން ހަވާލުވެ ހުރީ ސުޒޭން އެވެ.

ނަމަވެސް ކޮންމެ ޓީމަކާ ސުޒޭން ހަވާލުވެ ހުރި ނަމަވެސް، އޭނާގެ ބުނަނީ އަމިއްލަ ޗެލެންޖެއް ނިއު އާ ދެކޮޅަށް އަބަދުވެސް އޮންނަ ކަމަށެވެ.

"ނިއު ރޭޑިއަންޓާ އަޅުގަނޑާ ވާދަ ކުރާ ހުރިހާ މެޗުތަކަކީ ވެސް އަޅުގަނޑު އަމިއްލަ ޗެލެންޖެއްގެ ގޮތުގައި ކޮންމެވެސް ކަމެއް އޭގެ ތެރެއިން ހާސިލު ވޭތޯ ހަމަގައިމުވެސް މަސައްކަތް ކުރާނެ މެޗެއް،" މިރޭ ނިއު އާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ސުޒޭން ބުންޏެވެ. "މީގެ ދެ ބޭނުމެއް އެބައޮތް އެއް ބޭނުމަކީ ނިއުރޭޑިއަންޓް އެބަޖެހޭ މިހާ ޓޮޕްގައި އޮތްއިރު މި މީހުންގެ ހަމަ މެކްސިމަމް ތޯ ޓެސްޓްވެސް ކޮށްލަން، ދެން އޭގެ އިތުރުން، ދެން ތިބި ޓީމު ތަކަށް ވެސް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ނިއު ރޭޑިއަންޓާ އެއްކޮށް ތިނަދޫ ނުވަތަ މާޅޮސް ނޫނިޔާމު އެހެން ޓީމެއް ނެރޭ ނަތީޖާ އިން."

އަދި ނިއު ރޭޑިއަންޓް މިހާބޮޑަށް ފޯމުގައި އޮތްއިރު އެ ޓީމާ ދެކޮޅަށް ޗެލެންޖެއް ދެވުމަކީ ލީގްގެ ފޯރިވެސް ތަން ކޮޅެއް ގަދަ ވެގެންދާނެ ސަބަބެއް ކަމަށް ސުޒޭން ފާހަގަ ކުރި އެވެ.

ނަމަވެސް ނިއުރޭޑިއަންޓް މިހާރު އޮތް ޓޮޕް ފޯމް ސުޒޭން ވަރަށް ބޮޑަށް ފާހަގަ ކުރި އެވެ. އޭނާ ބުނީ އެންމެ ފަހުން މާޅޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއު އިން ދެއްކި ކުޅުމަކީ މި ސީޒަންގައި އެ ޓީމުން ދެއްކި އެންމެ ތަފާތު އެއް މެޗު ކަމަށެވެ. އަދި އެ ޓީމުގެ ކުޅުންތެރިން ދެއްކި ވަކިވަކި ކުޅުމަކީވެސް އެކުޅުންތެރިންގެ އެންމޮ މޮޅު ކުޅުން ކަމަށެވެ.

އެ މެޗުގެ ނަތީޖާ އާއި އެ ހުރިހާ ސިފަތަކެއް ނިއުގައި އެގޮތަށް އެވެ، ނިއު އާ ކުރިމަތިލާން ޖެހުމަކީ ތިނަދޫއަށް އޮތް ޕްރެޝަރަކަށް ވެގެންދާނެ ކަމަށް ސުޒޭން ބުންޏެވެ.

އޭނާ ބުނީ ނިއުގެ ކީޕަރަކީވެސްތަޖުރިބާ ކާރު ކީޕަރު އިމްރާން މުހައްމަދަކީ ތަޖުރިބާ ކާރު ކީޕަރކަށް ވުމުން ޑިފެންސާއި ކީޕަރާ ދެމެދުވެސް ރަނގަޅު ކޯޑިނޭޝަންއެއް އޮންނަ ކަމަށެވެ. ނަމަވެސް ތިނަދޫއަށް ވެސް ފުރުސަތު ތަނަވަސް ކުރެވޭނެ ކަމަށް ސުޒޭން ބުންޏެވެ.

"ތިނަދޫ އަށް ލިބޭ ޗާންސްތައް މަދުވާނެ ކަމަށް ގަބޫލު ކުރެވެނީ ޗާންސްތައް މަދު ވިޔަސް ހަމަ ފުރުސަތު ހޯދޭނެ އެއީ ޔަގީން ހަމަ އެހެންވީމަ ލިބޭ ފުރުސަތު ޖަހާ ކަމަށްވަންޏާ އެއީ މާބޮޑު މައްސަލައަކަށް ނުވާނެ،" ސުޒޭން ބުންޏެވެ. "ދެން ތިނަދޫއަށް ޑިފެންސް ކުރުމުގައި ތަންކޮލެއް ފަރުވާ ބަހައްޓާލެވިއްޖެއްޔާ އެޑްވާންޓޭޖެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވެނީ."

ސުޒޭން ބުނީ، މާޒިޔާ އަދި ނިއުރޭޑިއަންޓް އަތުން ލިބޭ ކޮންމެ ޕޮއިންޓަކީ ވެސް ތިނަދޫއަށް ލިބޭ ބޯނަހެއް ކަމަށެވެ. އަމާޒަކީ ޕޮއިންޓެއް ހޯދުންތޯ ސުވާލު ކުރުމުން އޭނާ ބުނީ، ނިއު އަތުން ތިން ޕޮއިންޓް ނުވަތަ ޕޮއިންޓެއް ހޯދާނަމޭ ބުނުމަށް ވުރެ އެމެޗުގެ ހާލަތަށް ޑީލް ކުރަން މަސައްކަތް ކުރުން މާ ރަނގަޅު ވާނެ ކަމަށެވެ.

"ދެން އެއްގޮތަކަށްވެސް މީޑިއާގައި ނިއު ރޭޑިންޓް އަތުން ޕޮއިންޓެއް ހޯދަން ޖެހިލުން ވެގެނެއް ނޫން، ނުނީ ތިން ޕޮއިންޓް ހޯދާނެ ވާހަކަ ބުނަން ޖެހިލުން ވެގެންނެއް ނޫން،" ސުޒޭން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"މީގައި ހަގީގަތަށް ލޯބި ކުރަން ޖެހޭނެ ލޮލަށް ފެންނަ އެއްޗަކާ ކަން ހިނގާ ގޮތާއި އެތިބަ ކުޅުންތެރިންނާއި ނިއުގެ ކުޅުންތެރިންގެ ފެންވަރާއި އެ ހުރިހާ އެއްޗަކާ އަޅާ ކިޔައި މިތަނަށް އައިސް ތިން ޕޮއިންޓް ހޯދާނަމޭ ބުނެފިއްޔާ ތިކޮޅަށް [ނޫސްވެރިންނަށް] ވެސް އަދި ބެލުންތެރިންނަށްވެސް ކުރަން ނޭންގޭ ކަހަލަ ސުވާލުތަކެއް އުފެދޭނީ."

އޭނާ ބުނީ ގަދަ ހަތަރެއްގެ ޖާގަ އަށް ނިއުގެ މެޗުން ޕްރެޝަރެއް ނެތް ކަމަށާއި ގަދަ ހަތަރެއްގެ ޖާގަ ކަނޑައެޅިގެން ދާނީ ގްރީން ސްޓްރީޓާއި ތިނަދޫ ކުޅޭ މެޗުން ކަމަށެވެ.

ތިނަދޫ މި ވަގުތު ފަސް ވަނައިގައި އޮތީ، ގްރީން އަށް ވުރެ އެއް ޕޮއިންޓް ފަހަތުގައި އޮތުމުން ނެވެ. ގްރީން އަށް 13 ޕޮއިންޓެވެ. ތިނަދޫއަށް 12 ޕޮއިންޓެވެ.

މިއަދު ހަވީރު ގްރީން ސްޓްރީޓް ނިކުންނާނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ.