ފިނިޕޭޖް

ފިލްމު އެވޯޑްސްގައި ބައިވެރިވާން ހުޅުވާލައިފި

Nov 1, 2017

މި އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ގައުމީ ފިލްމު އެވޯޑްސްގައި ބައިވެރިކުރަން ހުޅުވާލައިފި އެވެ.

މި އަހަރު ބާއްވާނީ އަށް ވަނަ ގައުމީ ފިލްމު އެވޯޑްސް އެވެ. މި އަހަރުގެ އެވޯޑުގައި ބައިވެރިކުރެވޭނީ 2014 - 2016 އަށް ރިލީޒް ކުރި ފިލްމުތަކެވެ.

ދެހާސް ސާދަ ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތަކަކީ ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ، ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން، އަހްޝާމް، އެ ރެއަށް ފަހު، ނޭނގި ޔާރު ވަކިވީ، ވާށޭ މަށާއެކީ، ވަފާތެރި ކެހިވެރިޔާ، ހާދަރު، 4426، ވީ ބޭވަފާ، އަދި ބައިވެރިޔާ އެވެ.

މިދިޔަ އަހަރުގެ ފިލްމު އެވޯޑްސްގައި ބައިވެރިކޮށްފައިވަނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވެ އެވެ. އެ އެވޯޑުގައި 11 ފިލްމެއް ވާދަކޮށް އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ "ލޫދިފާ" އެވެ.