ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބުރުޒޯން އަދި ސްޕެއިން މިޑްފިލްޑަރު އޭންހަލް ރުއިޒް ޕަޒް (ކެންޑެލާ) މިއަންނަ އަހަރުވެސް އެޓީމުގައި މަޑުކުރާ ގޮތަށް އެއްބަސްވުން އިތުރުކޮށްފި އެވެ.
ނިއު ރޭޑިއަންޓުން ބުނެފައިވަނީ ކޯޗު އޮސްކާ ބުރުޒޯން ކުޑަ މުއްދަތެއްގެ ތެރޭގައި ނިއުގެ ފުޓުބޯޅައަށް ގެނެސްފައިވާ ބަދަލާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ.
ކޯޗު އޮސްކާގެ އިރުޝާދުގެ ދަށުން ނިއު ރޭޑިއަންޓު އަންނަނީ ދިވެހި ޕްރިމިއާ ލީގުގައި ތަފާތު ދައްކަމުންނެވެ. ނަތީޖާތަށްވެސް ރަނގަޅު ނިއު އޮތީ ލީގުގެ އެއްވަނަ މަގާމުގައި 30 ޕޮއިންޓާއެކުއެވެ. ނިއު ލީގުގައި މިހާތަނަށް ބަލިވެފައިވަނި އެންމެ މެޗަކުންނެވެ.
ކޯޗިން ކެރިއަރުގައި އިންޑިއާގެ ސްޕޯޓިން ކްލަބް ޑި ގޯއާގެ އިތުރުން އިންޑިއަން ސުޕަ ލީގުގައި މުމްބާއި ސިޓީ އެފްސީގެ
އެސިސްޓެންޓް ކޯޗަކަށް އޮސްކާ މަސައްކަތްކޮށްފައިވެއެވެ. މިދިޔަ ސީޒަނުގައި ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަންކުރި އޮސްކާ މި އަހަރުގެ ކުރީކޮޅު އައި ލީގުގެ މުމްބާއީ ސިޓީ އަށް ކޯޗުކޮށްދިނެވެ.
އޮސްކާ އާއެކު ނިއުއށް ގެނެސްފައިވާ ކަންޑެލާ އަކީ ދިވެހި ލީގުގައި ނިއުއަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއްކުޅުންތެރިޔާއެވެ. ނިއުގެ މެދުތެރެ ކޮންޓްރޯލްކޮށްގެން ކުޅުއްވާ ކުޅުންތެރިޔަކީ ކެންޑެލާ އެވެ.
ސްޕެއިންގެ ގިނަ ޑިވިޝަންތަކުގައި ކުޅެފައިވާ ކެންޑެލާއަކީ އޮސްޓްރިޔާގައިވެސް މީގެކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. ނިއު އާއި ގުޅުމުގެ ކުރިން ކެންޑެލާ ކުޅެފައިވަނީ ސްޕެއިންގެ ތިންވަނަ ޑިވިޝަން ކްލަބް ލަރޯޑާއަށެވެ.