ކުޅިވަރު

މާފަންނު ވެލިދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

Nov 15, 2017

އޭއެފްސީގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާގެ އިސްނެންގެވުމުގެ މަތިން މާފަންނު ވެލި ދަނޑުގައި ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މިޓާފް ދަނޑުގައި ތިން ފުޓްސަލް ދަނޑު ހިމެނެއެވެ. ނަމަވެސް ޑިޒައިންކޮށްފައިވާ ގޮތުން މި ތިން ޓާފް ދަނޑު އެއްކޮށްލައިގެން ފުޓުބޯޅަ ކުޅެވޭ ފުލް ސައިޒް ދަނޑަކަށްވެސް ބަދަލުކުރެވޭނެ އެވެ.

ކްލަބްތަކާއި އެކަޑަމީތަށް ހިންގުމަށް މިދަނޑުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހާރު އަޅާފައި އޮތް ދެ ޓާފް ދަނޑު ފުރަތަމަަ ޑިވިޝަންގެ ކްލަބްތަކުގެ އިތުރުން ދެވަނަ އަދި ތިން ވަނަ ޑިވިޝަން ޓީމު ތަކުންވެސް ބޭނުންކުރެއެވެ. މީގެއިތުރުން ބައެއް އޮފީސްތަކުގެ މުބާރާތްތަށްވެސް މިހާރު އޮތް ދެ ޓާފް ދަނޑު ބޭނުންކުރެ އެވެ.

މާފަންނު ވެލިދަނޑުގައި މިހާރު ދެން ބާކީ އޮތް ތަނުގައި އިތުރު ޓާފްއެއް އެޅޭވަރުގެ ޖާގައެއްއެބައޮތެވެ. އެތަނުގައި ފީފާ ޕްރޮޖެކްޓެއްގެ ދަށުން ދަނޑެއް އެޅުމަށް މަސައްކަތް ކުރާކަމަށް މައުލޫމާތު ލިބެ އެވެ.

މިފަދަ ފެންވަރު ރަނގަޅު ޓާފް ދަނޑުތަކުގެ ސަބަބުން ފުޓުބޯޅަ ކުރިއަރުވަން ފަސޭހަވެގެންދާނެއެވެ. މިފަދަ ދަނޑުތަށް އިތުރުކޮށް ފެންވަރު ރަނގަޅު ކޯޗުން ތަމްރީންކޮށްގެން ދިވެހި ފުޓުބޯޅައަށް އިންގިލާބެއް ގެނެވިދާނެ އެވެ.