ކުޅިވަރު

ފަލަސްތީންއިން ރާއްޖެ ލަދުގައްނުވާލައިފި

Nov 15, 2017
2

އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރި މެޗު 1-8 ނަތީޖާއަކުން ފަލަސްތީން ކާމިޔާބުކޮށްފި އެވެ.

މިނަތީޖާ އަކީ ފަހުގެ ތާރީހެއްގައި ރާއްޖެ މީހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ މެޗެވެ. މިމެޗަށް ނިކުތުމުގެ ކުރިންވެސް ގައުމީ ކޯޗު ޑެރެން ސްޓްވާޓް ވަނީ ރާއްޖެ ޓީމަށް ފަލަސްތީނަށް ދިއުމަށް ހުރަސްތަކެއް ދިމާވިކަމަށް ބުނެފައެވެ. މެޗުގެ ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވަނީ އިޒްރޭލްއިން ދިވެހި ޓީމު ބޯޑަރުގައި ހިފަހައްޓާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ގިނަ ވަގުތު ދަތުރު ކުރުމަށް ފަހު އަދި އިޒްރޭލްއިން ގައުމީ ޓީމަށް ހުރަސް އެޅުމާއެކު ގައުމީ ޓީމަށް ރާއްކެ ގައުމީ ޓީމު ތިބެން ހަމަޖައްސާފައިވާ ހޮޓަލަށް ދެވިފައިވަނީ ފަލަސްތީނަށް ދާން ދަތުރު ފެށިތާ 33 ގަޑިއިރު ފަހުންނެވެ.

ކޯޗު ސްޓްވާޓް ފަލަސްތީނަށް ދިއުމަށްފަހު ދިން އިންޓަވިއު އެއްގައި ބުނެފައިވާނީ ކުޅުންތެރިން ވަރުބަލިކަމަށާއި އަދި މެޗުގެ ގޭމް ޕްލޭން ބަދަލުކުރުމަށްވެސް ރާއްޖެއަށް ވަގުތު ނެތްކަމަށެވެ. ނަމަވެސް ރާއްޖެ ޓީމަށް މިދަތުރުގައި ހުރަސްތަކަކާއި ކުރިމަތިވި ނަމަވެސް މިނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި ފަލަސްތީން އޮތީ ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޮމާނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކޮލިފައިން ފަހު މެޗުގައި އަންނަ އަހަރު މާޗް 27 ގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭނީ ބޫޓާނާ އެވެ.

މެޗު ފަށައިގެން ފުރަތަމަ 33 މިނިޓް ތެރޭ ފަލަސްތީނުން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ފަނަރަ މިނިޓް ތެރޭ އިތުރު ހަތަރު ލަނޑު ޖެހި އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަ ވަނަ މިނިޓްގައި ރާއްޖެ ލަނޑެއް ޖެހިއެވެ. މިލަންޑު ކާމިޔާބުކށޯްދިނީ ދާދު އެވެ. އަރިމަތިން ރިޒޭ ހުސްކޮށްލާފައި އޭރިއާ ތެރެެއަށް ތިރިތިރިން ނަގަައިދިން ބޯޅަ ދާދު ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އެއަށްފަހު އަށް މިނިޓް ތެރޭ ފަލަސްތީނުން ވަނީ އިތުރު ހަތަރު ލަނޑު ޖަހައިފަ އެވެ.

މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމުކެވެ. ފަހަކަށް އައިސް ރާއްޖޭގެ ކުޅުން ދައްވެފައިވާއިރު ގައުމީ ޓީމު ވަކި ކުޅުންތެރިންނަށް ޖާގަ ދޭ މައްސަަލަ އާއި ކޯޗު ސްޓްވާޓް ރާއްޖެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދާއިރުވެސް ބަހަނާ ދައްކައިގެން މީޑިޔާ އަދި ސަޕޯޓަރުންގެ ސުވާލުތަށް އެހެން ދިމާއަކަށް ގެންދަން މަސައްކަތްކޮށްފައިވެ އެވެ.