ވިޔަފާރި

ރެއިންބޯއިން ލޭހަދިޔާ ކޮށްފި

Nov 19, 2017

ރެއިންބޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.

ރެއިންބޯ ރެކްރިއޭޝަން ކްލަބުން ބުނީ ބްލަޑް ސާވިސަސްއާ ގުޅިގެން އިއްޔެ ހެނދުނު ނުވަ އަކުން ހަވީރު ފަހެއް ޖެހުމާ ހަމަ އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ކުންފުނީގެ 100 އެއްހާ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ.

ރެއިންބޯ އިން ކުރިއަށް ގެންދާ މި ހަރަކާތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ހަރަކާތް ކޮންމެ އަހަރަކުވެސް އޮންނާނެ އެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ފުޅާ ދާއިރާގައި މަސަައްކަތް ކުރާ ރެއިންބޯއިން މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެ އެވެ. އަދި ރެއިންބޯއަކީ ރާއްޖޭގައި ފަރުނީޗަރުގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ކުންފުންޏެކެވެ.