ކުޅިވަރު

އޭޝިއާގެ އީސްޕޯޓް މުބާރާތުން ބުރައުންޒް މެޑަލެއް ރާއްޖެއަށް

Nov 28, 2017

މެލޭޝިއާގައި ކުރިއަށް ދިޔަ އޭޝިއާގެ އީ ސްޕޯޓްސް މުބާރާތް "ސައިބާ ފެސްޓް 2017" ގައި ވާދަކޮށް ދިވެހި ޒުވާނަކު ތިން ވަނަ ހޯދައިފި އެވެ.

އީ ސްޕޯޓްސްއަކީ އިލެކްޓްރޯނިކް ސްޕޯޓްސްގެ ވީޑިއޯ ގޭމް މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ 'ފީފާ 18' އޭޝިއަން އޯޕެން ކެޓެގަރީގައެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވީ ޔޫސުފް ޒިމާމް މުހައްމަދާއި މުހައްމަދު ޒަމީލް ޒިހުނީ އެވެ.

ރާއްޖެ ތަމްސީލުކޮށް ތިން ވަނަ ހޯދާފައި ވަނީ ޒިމާމް އެވެ. ޒަމީލް ވެސް ވަނީ ކްއާޓާ ފައިނަލާ ހަމަޔަށް ދަތުރު ކޮށްފަ އެވެ. ޒިމާމް ވަނީ މިއަހަރު އެކްޓޫބަރު މަހު ދިރާގާއި އީ ސްޕޯޓިންގް އެސޯސިއޭޝަނާ ގުޅިގެން ބޭއްވި ދިރާގު އީ ސްޕޯޓްސް ޗެމްޕިއަން ޝީލްޑްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އޭނާ އަށް ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު އީ ސްޕޯޓްސްއިން ދިނީ ވެސް އެމުބާރަތް އޭނާ ކާމިޔާބު ކުރުމުންނެވެ.

އީ ސްޕޯޓްސް އެސޯސިއޭޝަނުން ބުނީ ޒަމީލަކީ 2015 ވަނަ އަހަރު ދުނިޔޭގެ ފީފާ (ގޭމް) ރޭންކިންގައި ދެ ވަނަ ހޯދާފައިވާ ފަރާތެއް ކަމަށެވެ.