އެޕަލް އިން މި މަހުގެ ތިން ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން އެކްސް ދިރާގުން މިރޭ ވިއްކަން ފަށަން ތައްޔާރުވެއްޖެ އެވެ.
ދިރާގުން ބުނީ އައިފޯން 10 ދުރާލާ އޯޑަރު ދިން މީހުންނަށް މިރޭ 12:00 ގައި ފޯނު ދޫކުރަން ފަށާނެ ކަމަށެވެ. އެކަމަށް ހާއްސަ ހަރަކާތްތަކެއް ދިރާގުގެ ހެޑް އޮފީހުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އައިފޯން 10 ގެ ޕްރީ އޯޑަރު ދިރާގުން ނަގަން ފެށީ މި މަހުގެ 24 ގަ އެވެ. އަދި ޕްރީއޯޑަރަށް ހުޅުވާލުމާއެލު ވަނީ ހުސްވެފަ އެވެ.