ވިޔަފާރި

ކުލަގަދަ ރަސްމިއްޔާތެއްގައި ދިރާގުން އައިފޯން 10 ނެރެފި

Dec 1, 2017

އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯން، އެޕަލް އެކްސް ނޫނީ އެޕަލް 10 ކުލަގަދަ ހަފުލާއަކާއެކު ދިރާގުން ރޭ ވިއްކަން ފަށައިފި އެވެ

އެޕަލްގެ އެންމެ ފަހުގެ އައިފޯނު ރަސްމީކޮށް ވިއްކަން ފެށުމުގެ ގޮތުން ދިރާގުން ވަނީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިއުޒިކާއެކު ރޭ ހަފުލާއެއް ބާއްވާ އައެވެ. މި ހަފުލާގައި ވަނީ އެޕަލް ފޯނު ޕްރީއޯޑަރު ކުރި ފަރާތްތަކަށް ފޯނު ހަވާލުވެސް ކޮށްފަ އެވެ.

މިދިޔަ މަހު ތިންވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް އައިފޯން 10 ނެރުމާއެކު ރާއްޖޭގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ ފޯނު ވިއްކަމުންނެވެ.

އައިފޯނު އެކްސް އަކީ އެޕަލް އިން އައިފޯނު ވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރެފައިވާ ހާއްސަ ފޯނެކެވެ. މި ފޯނުގައި ފޭސް އައިޑީ ފަދަ އާ ކަންކަންތަކެއް ހިމަނާފައިވެ އެވެ.