ކުޅިވަރު

ހެމާގެ ދެ ޒުވާނަކު މިސްޓަ މޯލްޑިވްސްއަށް ތައްޔާރު ވަނީ

Dec 3, 2017
2

ހެމާ އިން ދެ ޒުވާނެއް މިސްޓަ މޯލްޑިވްސް އަށް ތައްޔާރު ކުރަން، ހިލޭ ފުރުސަތު ދީފި އެވެ.

ދި ހެމަ ޖިމްއިން ބުނި ގޮތުގައި ބޮޑީ ބިލްޑިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ހިލޭ ފުރުސަތު ދީފައިވަނީ 17އ.ގެ ޔަޒްދާން މުހައްމަދު އާއި 24އ،ގެ ނައުޝާދު ނަސީރު އެވެ.

މި ދެ ޒުވާނުން ހަމައިން ނަގާފައިވަނީ މިކަމަށް އިއުލާނު ކުރި 24 ޒުވާނުންގެ ތެރެއިންނެވެ. މި ގޮތުން ނައުޝާދު އާއި ޔަޒްދާން މުބާރާތައް ތައްރީންވުމަށް ބޭނުންވާ ތަމްރީން ދިނުމުގެ އިތުރުން، ހާއްސަ އެލަވަންސެއް ވެސް ދޭނެ އެވެ.

ހެމަ އިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަނީ މިސްޓަ މޯލްޑިވްސްގެ މަގާމު މިއަހަރު ކާމިޔާބުކުރި މުހައްމަދު ޔާމީން (ޔާމްބެ) ގެ ބެލުމުގެ ދަށުންނެވެ.

ގިނަ އަދަދެއްގެ ޒުވާނުންނަށް ތަމްރީން ދެމުންގެންދާ ދި ހެމާގައި މިހާރުވެސް 4،000 މެންބަރުން އުޅެ އެވެ.