ކުޅިވަރު

ކޮނޑޭގެ ލީގް ހުޅުވާނީ ޕިންކް އަދި މަކައްލާ

Dec 4, 2017
1

ކޮނޑޭގައި މި އަންނަ ހުކުރު ދުވަހު ފަށާ ޖީއެސްޑަބަލިއު ފުޓްސަލް ލީގް ހުޅުވުއި ދޭނީ ޕިންކް ސްޓްރީޓް އާއި މަކައްލާ ޔުނައިޓަޑެވެ.

މި ދެ ޓީމަކީ މުބާރާތް ބޭއްވުމުގައި ޝާމިލުވާ ދެ ޓީމެވެ. އެގޮތުން މުބާރާތް އިންތިޒާމް ކުރަނީ ކުލަބު ޕިންކް ސްޓްރީޓުންނެވެ. އަދި މުބާރާތުގެ ހޯސްޓް ކުރަނީ މަކައްލާ ޔުނައިޓެޑުންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ 'ޖީޑަބްލިޔު" އެވެ. އެހެންވެ، މުބާރާތުގެ ޓައިޓަލްވެސް ވަނީ "ޖީޑަބްލިޔު" އަށް ހާއްސަ ކޮށްފަ އެވެ.

މުބާރާތުގައި ހަ ޓީމަކުން ވާދަ ކުރާނެ އެވެ. އެއީ މަކައްލާ އާއި ޕިންކް ސްޓްރީޓްގެ އިތުރުން ގްރީން ބާޑްސް، އެފްސީ ބްލެކްސްޓަރ ސްޕޯޓްސް ކުލަބު ބަފަނާ، އެގާސް ޔުނައިޓަޑް، އެފްސީ ބްލެކް ސްޓާ އެވެ.

ލީގްގެ ފައިނަލު މެޗު އޮންނާނީ މިއަންނަ އަންގާރަ ދުވަހު އެވެ. މުބާރާތުގައި 15 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދިނުމަށް އޮތީ ނިންމާފާއެވެ. ރަނަރަފު ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެވެ.