ހަބަރު

"ރަންޒަމާނާ" މިރޭ، ރަންޒަމާނުގެ ތަރިން ތައްޔާރު!

"ރަން ޒަމާން" ނަމުގައި ރަންޒަމާނުގެ އެއްވަނަ ފަންނާނުން ފެނިގެންދާ ބޮޑު ޝޯ މިރޭ އޮންނާނެ އެވެ. އެ ޝޯއަށް މިހާރު ވަނީ ހުރިހާ ތައްޔާރީތަކެއްވެ ނިމިފަ އެވެ. ކުރީގެ ފަންނާނުން އަދި މިހާރުގެ ފަންނާނުންނާއެކު ޖުމްލަ 23 ފަންނާނުން އެ ޝޯގައި ފެނިގެންދާނެ އެވެ.

އޮލިމްޕަހުގައި މިރޭ އޮންނަ މި ޝޯއިން ލިބޭ ރެވެނިއުގެ 10 ޕަސަންޓު ހަދިޔާ ކުރަން ނިންމާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.

އަބްދުﷲ ރަމީޒާއި މަހްމޫދާ ޝަކީބާއި ފާތިމަތު ރައޫފާއި އަބްދުއްރައޫފާއި ޝަފީގާ އާއި އަލީ މޫސާ އާއި މުހައްމަދު މަނިކާއި މުހައްމަދު މޫސާ ދީދީ، އެކްސޭ އާތިފް، އިބްރާހިމް ހަމްދީމެން ފަދަ ތަރިންގެ ލަވަތައް މިއަދުވެސް ފަނޑުވުމެއްނެތި ވިދަ އެވެ. މިއަދުވެސް އެ ފަންނާނުން މަގުބޫލެވެ. އެއީ މިރޭގެ ޝޯއިން ފެންނާނެ ފަންނާނުންނެވެ.

"ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް"އިން އިންތިޒާމް ކުރާ ޝޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. ސައުންޑް އެންޑް ލައިޓްސް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ އިވެންޓް މޯލްޑިވްސް އެވެ. ޗެރިޓީ ޕާޓްނާ އަކަށް ކެންސާ ސޮސައިޓީ، މީޑިއާ ޕާޓްނާ (ޓީވީ) އަކަށް ރާއްޖެ ޓީވީ، ސެލޫން ޕާޓްނާ އަކަށް ސްކިން ކޭންޑީ އަދި ރެސްޓޯރެންޓް ޕާޓްނާ އަކަށް ސޮއިކޮށްފައިވަނީ ވިލެޖް ކޮފީ އެންޑް ޓީ އެވެ.