ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފި އެވެ.
މަގާމަށް އައްޔަންކުރިތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން ސައީދު މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ޕީއެސްއެމްގެ ބައެއް ބޭފުޅުންގެ ފަރާތުން އަވަސްއަށް ވަނީ ޔަގީންވެފަ އެވެ.
ތައުލީމީ ދާއިރާގައި ކުރިން ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ ސައީދު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކެއް ހުރުމުން ކަމަށްވެސް އެނގިފައިވެ އެވެ.
ސައީދު އަކީ މިސަރުކާރުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ދެ ބޭފުޅާ އެވެ.
ބަނގުރޫޓްވެފައި އޮތް ކުންފުންޏެއް ކަމަށްވާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިސަރުކާރުގައި ފުރަތަމަ އައްޔަން ކުރީ ބްރޯޑްކޮމްގެ ކުރީގެ މެންބަރު އަދި ނޫސްވެރިޔާ ޒީނާ ޒާހިރު އެވެ.