ކުޅިވަރު

ރިހި މެޑަލް ހޯދި ދެބެންގެ ހިތްވަރަށް ސާބަސް

Dec 9, 2017

ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން، ދެބެން ކަމަށްވާ އާމިނަތު ނަބީހާ އަބްދުރައްޒާގް އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގް އެވެ.

ފައިނަލުގައި ނަބީހާ އާއި ނަބާހާ ވާދަ ކުރީ މުބާރާތް ބާއްވާ ގައުމު އިންޑިއާގެ ދެ ކުޅުންތެރިނާނާއެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ބައްދަލުވީ، 21-7 އަދި 21-10 ން ނެވެ.

މި މުބާރާތުގައި، ރާއްޖެއިން ވާދަ ކުރި ކުޅުންތެރިންގެ ނަތީޖާތައް ނިސްބަތުން ރަނގަޅެވެ. ނަފްހާ ނަސްރުﷲ އާއި މުހައްމަދު އާކިފް، ޝައުލާން ފަތުހީ އަދި އަރުސަލާން އަލީ މިހުރިހާ ކުޅުންތެރިންވެސް ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ.

މި މަހު ނިމިގެން ދިޔަ ގައުމީ މުބާރާތުގެ ސިންަގަލްސް ޗެމްޕިއަނަކީ ނަބީހާ އެވެ. އަދި ޑަބަލްސް ކެޓަގަރީގައި ނަބާހާ އާއި ނަބީހާ ވަނީ ތިން ވަނަ ހޯދާފަ އެވެ.

މިއީ ރާއްޖޭގެ ބެޑްމިންޓަންގައި ރަނގަޅު ފެށުމެކެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މިއަހަރު ކުރީ ކޮޅު ބޭރުގެ ތަޖުރިބާކާރެއް ގެނެސް، ރާއްޖޭގެ ގްރާސް ރޫޓް ލެވަލްގައި ބެޑްމިންޓަން ތރައްގީ ކުރުމަށް މަސައްކަތް ފަށާފަ އެވެ.