ކުޅިވަރު

ކޮނޑޭގެ ޗެމްޕިއަންކަން ގްރީން ބާޑްސްއަށް

Dec 14, 2017

ކޮނޑޭގައި ބޭއްވި ޖީއެސްޑަބްލިއު ފުޓްސަލް ލީގް ޗެމްޕިއަންކަން ގްރީން ބާޑްސް ހޯދައިފި އެވެ. އެ ޓީމު މުބާރާތް ކާމިޔާބު ކުރީ ފަަހު މެޗުގައި ޓީމު ޕިންކް ސްޓްރީޓް ބަލި ކުރުމަށްފަހު އެވެ.

މެޗު ގްރީން ބާޑްސް ކާމިޔާބު ކުރީ 6-2 ން ނެވެ. ލީގް އުސޫލުން ކުޅުނު މުބާރާތުގެ ރަނަރަފް ޓީމަކީ ޕިންކް އެވެ. ޗެމްޕިއަން ގްރީން ބާޑްސް އަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ރަނަރަފު ޕިންކް ސްޓްރީޓަށް ވަނީ 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ގްރީން ބާޑްސްގެ އަބްދުﷲ ޝައްފާން އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް އޭނާ އެވެ. މުބާރާތުގެ އެންމެ އުންމިދީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މަކައްލާ ޔުނައިޓަޑްގެ ރިއުޝަން އަބްދުﷲ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އޭޖަރސް ޔުނައިޓަޑެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:

- ޝައްފާން (ގްރީން ބާޑްސް)
- ވިޝާން ހަސަން (ގްރީން ބާޑްސް)
- އިބްރާހިމް ސިނާހް (ޕިންކް ސްޓްރީޓް)
- އިބްރާހިމް އަސްވަދު (ޕިންކް ސްޓްރީޓް)
- އަލީ ހާޝިމް ( އޭޖަރސް ޔުނައިޓަޑް)

މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ކުލަބު ޕިންކް ސްޓްރީޓުންނެވެ. އަދި މުބާރާތުގެ ހޯސްޓް ކުރީ މަކައްލާ ޔުނައިޓެޑުންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ 'ޖީޑަބްލިޔު" އެވެ.