ކުޅިވަރު

ނިއުގެ ކެޕްޓަން އިމްރާން ކޮންޓްރެކްޓް އާ ކޮށްފި

Dec 14, 2017

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަން އިމްރާން މުހައްމަދު އަންނަ އަހަރަށްވެސް އެ ޓީމުގައި ކުޅެން ނިންމައި ކޮންޓްރެކްޓް އާ ކޮށްފި އެވެ.

މިއީ އިމްރާން ނިއު އަށް ކުޅޭ ފަސް ވަނަ އަހަރެވެ. މެދުކެނޑުމަކަށްފަހު މިއަހަރު އޭނާ އަލުން ނިއު އަށް އައީ ދެ އަހަރު މާޒިޔާއަށް ކުޅުމަށް ފަހު އެވެ. އިމްރާން އިންޓަވިއުތަކުގައި އޭނާ އަބަދުވެސް ބުނާ ވާހަކައެއް އެވެއެވެ. އެހެން ކުލަބުތަކަށްވުރެ ނިއު އޭނާ އިސްކަން ދޭނެ އެވެ.

ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކާއާ ބެހޭގޮތުން، ދާދިފަހުން އިމްރާން 'އަވަސް' އަށް ބުނެފައި ވަނީ، ނިއު އަށް އޭނާ އާ މެދު މާ ޔަގީންކަން އޮންނާނެ ކަމަށެވެ.

"ނިއު އާއި ނިއުގެ ޗެއެމަން [މުހައްމަދު ޒިޔަޒު] އަށް އަޅުގަނޑާ މެދު މާ ޔަގީންކަން އޮންނާނެ." އިމްރާން ބުނެފައި ވެއެވެ.

ނިއުގެ ޗެއާމަން ޒިޔާދު މީގެކުރިން ވިދާޅުވެފައި ވަނީ ނިއު އެނބުރޭނީ އިމްރާން ވަށައިގެން ކަަމަށެވެ. އަދި އިމްރާން އަކީ ޓީމުގެ އެންމެ މުހިންމު ތަނބުގެ ގޮތުގައިވެސް އޭނާ ވަނީ އިމްރާން ސިފަ ކޮށްފަ އެވެ.

އިމްރާންގެ ކުރިން ޓީމުގެ ދެ ވަނަ ކީޕަރު މުހައްމަދު ފައިސަލްވެސް ވަނީ އަންނަ އަހަރަށް ނިއު އަށް ކުޅުމަށް އެ ޓީމުގެ އެއްބަސްވުން އާ ކޮށްފަ އެވެ. ފައިސަލް އަކީ ގައުމީ ޓީމުގެ މިހާރުގެ އެއް ވަނަ ކީޕަރެވެ. މުހިންމު މެޗުތަކުގައި ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދެނީ އިމްރާން އަށެވެ.

ބުރުޒޮން ބުނެފައި ވަނީ މުހިންމު މެޗުތަކަށް އިމްރާން އިސް ވަނީ އެކަހަލަ މެޗުތަކުގައި ދަނޑުމަތީގައި ވަރުގަދަ ލީޑަރެއް ހުރުން މުހިންމުވާތީ ކަމަށެވެ.

ނިއު އިން ދަނީ މިހާރު އެ ކުލަބުގެ ތިބި އެހެން ކުޅުންތެރިންނާއެކު އަންނަ އަހަރަށްވެސް ކޮންޓްރެކްޓް އާ ކުރަމުންނެވެ. ޓީމުގެ ޑިފެންސިވް މިޑްފީލްޑާ ސްޕެއިންގެ އަންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑެލާ)، އަކްރަމް އަބްދުލް ގަނީ، އަހްމަދު އަބްދުﷲ (ލިލީ)، ރިލްވާން ވަހީދު، ހަސަން އަދުހަމް އަދި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވެސް ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ފޯވަޑް އަލީ ފާސިރު (ސެންޓޭ) ވަނީ މިއަހަރު ކުރީ ކޮޅު ދިގު މުައްދަތަކަށް ނިއު އާ އެކު އެއްބަސްވުން ހަދާފަ އެވެ.

ނިއުގެ އެންމެ މުހިންމު ކުޅުންތެރިޔާ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކޮންޓްރެކްޓް އާ ކުރިކަމެއް އަދި ނިއު އިން އިއުލާން ކޮށްފައެއް ނުވެ އެވެ.