ކުޅިވަރު

ސެންޓޭ އެވޯޑް ދިފާއުކުރަން، މިއަހަރުގެ ޗެލެންޖް މާބޮޑު

Dec 16, 2017
1

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓަކީ ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އަށް ހާއްސަ އެވޯޑް ނައިޓް އޭނާ ހާއްސަވާ ސަބަބަކީ، މިހާރުވެސް އެވޯޑް ކެޓަގަރީގެ އެއް އެވޯޑް އޭނާ އަށް ޔަގީން ވެފައި ވުމުންނެވެ. އެއީ އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބުޓް އެވޯޑެވެ. މިއަހަރު 24 ލަނޑު ޖަހައިގެން ލަނޑު ލިސްޓްގެ އެއް ވަނައިގައި އޮތީ ސެންޓޭގެ ނަމަވެ. މިދިޔަ އަހަރުވެސް މި އެވޯޑް ހޯދީ އޭނާ އެވެ.

އެވޯޑް ނައިޓް ސެންޓޭ އަށް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، އެވޯޑް ނައިޓްގެ އެންމެ ހާއްސަ އެވޯޑް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިހާރުވެސް ހޯލްޑް ކުރާ ކުޅުންތެރިޔަކީ ސެންޓޭ ކަމަށް ވުމުންނެވެ. މި އަހަރު އެވޯޑް ނައިޓްގައިވެސް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔަކީ ސެންޓޭ އެވެ. އެއީ މުޅި ސީޒަންގައިވެސް އެއްވަރެއްގައި ހިފެހެއްޓި ކުޅުންތެރިޔަކީ އޭނާ ކަމަށް ވުމުންނެވެ.

ނިއު އަށް ސީޒަންގެ ތިން މުބާރާތް ކާމިޔާބު ކޮށްދިނުމުގައި ސެންޓޭގެ ދައުރު ބޮޑެވެ. ނަމަވެސް، ސެންޓޭ ދެކޭ ގޮތުގައި، މި އަހަރު އެވޯޑްގެ ނޮމިނޭޝަންތައް ގައި ޗެލެންޖް ބޮޑެވެ. އޭނާ ބުނީ ޗެލެންޖް ބޮޑުވުމަކީވެސް އޮތް ޕޮޒެޓިވް ކަމެއްކަމަށެވެ.

"މި އަހަރުގެ އެވޯޑް ވާނެ ކަންނޭންގެ ޗެލަންޖަކަށް، ކޮންމެ ކުޅުންތެރިޔަކު އެވޯޑް ހޯދި ނަމަވެސް ދެން ތިބި ކުޅުންތެރިން ވަރަށް ގާތުން ވާދަ ކުރާނެ،" ސެންޓޭ ބުންޏެވެ. "ވަދަވެރި ވުމަކީ ޕޮޒެޓިވް ކަމެއް."

އެވޯޑްގައި ސެންޓޭއަށް ޗެލެންޖް ބޮޑުވާނެ އަނެއް ސަބަބަކީ ވެސް ނިއު ރޭޑިއަންޓްގައި އެންމެ މޮޅަށް ކުޅުނު ތިން ކުޅުންތެރިން ނޮމިނޭޝަންގައި ވާދަ ކުރުމެވެ. އޭނާ ބުނީ އެވޯޑް ނޮމިނޭޝަންގައި ނިއުގެ ކުޅުންތެރިން ގިނަ ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.